ދީން
14 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އިމާމު މީހާއާ އެއްވަރަށް އާމީން ކިޔުން
ނަމާދުގައި އިމާމާއެކު އާމީން ކިޔުމަކީ މާ ބޮޑުކަމެއް ނޫން. އަދި އެހާ ގިނަ ވަގުތު ހޭދަވާކަމެއް ވެސް ނޫން. ނަމަވެސް މާތް ނަބިއްޔާ އަމުރުކުރެއްވީ އިމާމު މީހާ އާމީން ކިޔަން ފެށުމާއެކު އާމީން ކިޔުމަށް. އެވަގުތުގައި މަލާއިކަތުން އާމީން ކިޔުއްވާނެ. އެ ބޭކަލުންނާ އެއްވަރަކަށް އާމީން ކިޔިއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވޭނެ.
13 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: މުސްލިމެއްގެ ޙާޖަތެއް ފުއްދައިދިނުން
ނަބަވީ މިސްކިތުގައި ނަމާދެއްކުރުމުން އެއްހާސް ނަމާދުގެ ސަވާބު އެބަ ލިބޭ، އެހެންކަމުގައި ވާނަމަ އެ މިސްކިތުގައި އެތައް ނަމާދެއްކޮށް ޤުރްއާންކިޔަވައި ދުޢާކޮށް ޛިކުރުކުރުމަށްޓަކައި އިޢުތިކާފަށް އިންނަ މީހާއަށް ކިހާ ސަވާބެއް ލިބޭނެތޯ؟ އެކަމަކު ބައްލަވާ: އެއަށްވުރެ މާ ދަރުމަ ބޮޑު، މާ ސަވާބު ގިނަ ކަމެއްވޭ.
02 Mar 2024
ޚަބަރު
އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމަށް މަޝްވަރާކުރަނީ
އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމުގެ މަޝްވަރާ އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މަޝްވަރާކުރަމުންދާކަމަށެވެ.
26 Jan 2024
ޚަބަރު
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރަނީ
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން މިއަދު ވަނީ ސޮއިކޮށްފައެވެ.
18 Dec 2023
ޚަބަރު
"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
10 Dec 2023
ޚަބަރު
ގްރޭޑް 10 އަކުން މަތީގެ ދަރިވަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދެނީ
ސާނަވީ ނިންމާ ދަރިވަރުންނަށާއި މަތީ ސާނަވީ ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
03 Dec 2023
ޚަބަރު
1 ޖަނަވަރީން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާނީ ސަބްޓައިޓަލްއާއިއެކު: ޝަހީމް
1 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.
02 Dec 2023
ދީން
ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިބަހުން ހުތުބާ ކިޔުމަށް އާންމުންގެ ހިޔާލަށް
މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ހިޔާލަށް ހުޅުވާލައްވައިފިއެވެ.
01 Dec 2023
ޚަބަރު
ޤައުމު އިސްލާޙްވާން އޮތީ ރައްޔިތުން އިސްލާޙްވެގެން - ހުކުރު ޚުޠުބާ
21 Nov 2023
ރިޕޯޓް
ފަލަސްތީނު ރައްޔިތުންގެ ހިތްވަރުން އިސްލާމްދީނަށް ނަސްރެއް
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށްފަހު ހުޅަނގުގެ މީޑިއާތަކުން މުސްލިމުން ސިފަކުރަމުންދިޔައީ ހަނގުރާމަވެރި ނިރުބަވެރި އަދި ނުރައްކާބައެއްގެ ގޮތުގައެވެ. މުސްލިމުންނާއި މެދު އެކި ޤައުމުތަކުގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަން ގިނަ ބަޔަކު ޖެހިލުންވާ އަދި ފޫހިކުރުވި ސަބަބަކަށް ހުޅަނގުން މުސްލިމުންނާއި ގުޅޭގޮތުން ފަތުރަމުންދިޔަ ޙަގީގަތެއްނެތް ވާހަކަތައް ވިއެވެ. އެހެންނަމަވެސް 22 އަހަރު ފަހުން މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ.
28 Oct 2023
ޚަބަރު
މިރޭ ހުރިހައި ރަށެއްގައި ކޭތަ ނަމާދު ކުރަނީ
މިރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
20 Oct 2023
ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، އަލްމަސްޖިދުލް އަޤުޞާ މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރައި އިޢާދަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ.
13 Oct 2023
ދީން
ފަލަސްޠީނުގެ ބިމަކީ އެންމެ ގިނަ ނަބީންނާއި ރަސޫލުން އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިން
މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، ފަލަސްޠީނުގެ މައްސަލައަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާ ލައްވާފައި. މިގޮތުން ފަލަސްޠީނުގައިވާ މަސްޖިދުލްއަޤުޞާ އާއި މުސްލިމުންނާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ، އެބިމަކީ މާތްﷲ ބަރަކާތްލައްވަވާފައިވާ ބިން ކަމަށާއި، އެންމެ ގިނަ ނަބީންނާއި ރަސޫލުން އެބިމެއްގައި އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިންކަމަށެވެ. އަދި އެއީ، ކީރިތި ރަސޫލާ އިސްރާ ކުރެއްވެވުނު ބިންކަމަށާއި، އަދި އެކަލޭގެފާނު މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް އެބިމުންކަމުގައިވުމާއި، މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖިދުލް އަޤުޞާކަމުގައިވުންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
28 Sep 2023
ދީން
ސިހުރަކީ ބޮޑުވެގެންވާ ހަތް ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލެއް، އެކަމާ ދުރުހެލިވޭ: ޑރ. އިޔާޒް
އެ ޕާޓީން އާންމުކޮށްފައިވާ ވީޑިއޯގައި ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، މި ދުވަސްވަރަކީ ސިޔާސީގޮތުން ވަރަށް ހަލަބޮލި، އެހާމެ ވާދަވެރި ދުވަސްވަރެއްކަމަށާއި، މި ދުވަސްވަރުގައި ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ސިޙުރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Sep 2023
ދީން
ރިޝްވަތު ދޭ މީހާ އާއި، ރިޝްވަތު އުފުލާ މީހާ އާއި، ރިޝްވަތުގައި ހިފާ މީހާ އަށް މާތް ﷲ ވަނީ ލަޢުނަތް ލައްވާފައި - ޚުޠުބާ
މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ. މިއީ ވަރަށް ސިއްރުން ކުރެވޭ އަދި މިހާރު މުޅި މުޖުތަމަޢުއަށް ޢާއްމުވެފައިވާ ކަމެއް ކަމަށާއި، ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާ ނުލައި އެއްވެސް ކަމެއް މިހާރު ނުކުރެވޭ ހިސާބަށް ގޮސްފައިވާކަމަށް ޚުޠުބާގައި ވެއެވެ.
21 Sep 2023
ޚަބަރު
ޝެއިޙް އިލްޔާސް ޙުސެއިންގެ އާދޭސް!
ޝެއިޙް އިލްޔާސް އެންމެ ފުރަތަމަ ވެސް ނަސޭހަތްތެރިވެފައިވަނީ މާޒީއިން އިބުރަތް ހާސިލުކުރުމަށެވެ. އަދި މާޒީގެ ތެރެއަށް ފުންކޮށް ވިސްނައިލާއިރު ފެންނަންއޮތީ އަނިޔާވެރިކަމުގެ ހައްދުފަހަނަ އަޅާފައިވާ ދުވަސްތަކެއް ކަމަށާއި، ކުރިއަށް މި އޮތް އިންތިހާބުގައި އެއްފަރާތުން މި ތަމްސީލުކުރަނީ ބިރުވެރިކަން ކަމަށް ޝެއިޙް ފާހަގަ ކުރެއްވިއެވެ.