Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

02 Dec 2023
ދީން

ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިބަހުން ހުތުބާ ކިޔުމަށް އާންމުންގެ ހިޔާލަށް

މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއްމުންގެ ހިޔާލަށް ހުޅުވާލައްވައިފިއެވެ.

މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ގައުމެއް ކަމަށްވެފައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނައިރު މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ހިޔާލު އެނގިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރ ޝަހީމްގެ ޕޯސްޓްގައި ބުނެފައިވަނީ އިނގިރޭސިބަލުން ހުތުބާ ކިޔުމަށް ވިސްނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަހުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެ މީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ހަމައެކަނި އާންމުންގެ ހިޔާލު ހޯދުމަށް ކުރާކަމެއްކަމަށާއި އަދި އެގޮތަށް ބަދަލު ކުރުމަށް ނިންމަވާފައި ނުވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.