Advertisement

13 Mar 2024
ދީން

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: މުސްލިމެއްގެ ޙާޖަތެއް ފުއްދައިދިނުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެއެވެ.

1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް އަޅުގަނޑުމެން ގެނެސްދޭ "ރޯދައާ ހެޔޮ އަމަލު" ޕްރޮގްރާމުގައި ޝެއިޙް އިލްޔާސް ޖަމާލު އޮޅުންފިލުވާދެއްވާނީ އެފަދަ އަމަލުތަކެވެ.

އެގޮތުން ފުރަތަމަ އެޕިސޯޑުގައި ޝެއިޙް އަލިއަޅުވާލެއްވީ މުސްލިމެއްގެ ހާޖަތެއް ފުއްދައިދިނުމުގެ ދަރުމައަށެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: ( لأَنْ أمشيَ مع أخٍ في حاجةٍ ؛ أَحَبُّ إليَّ من أن اعتكِفَ في هذا المسجدِ) صحيح الترغيب

މާނައީ "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މި މިސްކިތުގައި އިޢުތިކާފަށް އިންނެވުމަށްވުރެ، މުސްލިމެއްގެ ކަމެއްގައި އޭނާއާއެކު ވަގުތު ހޭދަކުރެއްވުން ތިމަންކަލޭގެފާނުގެ އަރިހުގައި މާ ހެޔޮކަން ބޮޑެވެ."

ނިކަން ވިސްނަވާ: ނަބަވީ މިސްކިތުގައި ނަމާދެއްކުރުމުން އެއްހާސް ނަމާދުގެ ސަވާބު އެބަ ލިބޭ، އެހެންކަމުގައި ވާނަމަ އެ މިސްކިތުގައި އެތައް ނަމާދެއްކޮށް ޤުރްއާންކިޔަވައި ދުޢާކޮށް ޛިކުރުކުރުމަށްޓަކައި އިޢުތިކާފަށް އިންނަ މީހާއަށް ކިހާ ސަވާބެއް ލިބޭނެތޯ؟

އެކަމަކު ބައްލަވާ: އެއަށްވުރެ މާ ދަރުމަ ބޮޑު، މާ ސަވާބު ގިނަ ކަމެއްވޭ. ކޮން ކަމެއްތޯ؟ އާދެ! އެއީ މީހެއްގެ ޙާޖަތެއް ފުއްދައިދިނުމަށް އޭނާއަށް އެހީތެރިވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު އޭނާއާއެކު އެ ހޭދަކުރާވަގުތު. މިސާލަކަށް ތިމާގެ އަޚާގެ ގެ ބަދަލުވާހިނދު އޭނާއަށް އެހީތެރިވާނެ މީހަކު ނެތް ނަމަ، އޭނާއަށް އެކަމުގައި އެހީތެރިވުމުގައި ވަގުތު ހޭދަކުރުން. މި ނޫންވެސް ކޮންމެ ކަމެއް.

އާދެ! މި ރޯދަމަހު އަޅުގަނޑުމެން ހެޔޮ ޢަމަލުކުރަމުންދާހިނދު އަޅުގަނޑުމެންގެ އަޚާއަށް ކަމެއްގައި އެހީތެރިވާންޖެހޭފަދަ ޙާލަތެއް އައިސްދާނެ. އެފަދަ ޙާލަތުގައި މިއީ ރޯދަމަހޭ، ހަމައެކަނި އަޅުކަމުގައޭ ވަގުތު ހޭދަކުރާނި ބުނެ، ތިމާގެ އަޚާއަށް އެހީތެރިވުން ދޫކޮށް ނުލައްވާ! އޭނާއަށް އެހީތެރިވެލައްވާ! އެއީ ކުޑަކަމެއް ކަމުގައި ހީވި ނަމަވެސް، އެކަމުން ލިބޭނެ ދަރުމަ ވަރަށް ބޮޑު، ވަރަށް މަތިވެރި.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.