އަފީފްގެ ޕެނަލްޓީ ހެޓްރިކަކާއެކު، ގަތަރުން އޭޝިއަން ކަޕް ދިފާއުކޮށްފި
އޭއެފްސީ އޭޝިއަން ކަޕް ފައިނަލުގައި ޖޯޑަން 3-1 އިން ބަލިކުރުމަށްފަހު، މުބާރާތް ބޭއްވި ގަތަރުން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. މިއާއެކު ގަތަރުން މުބާރާތުގައި ކުޅުނު ދެ ފައިނަލް ވެސް ކާމިޔާބުކޮށް، މިއީ އެ ޓީމުން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ގަތަރުން ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ 2019 ވަނަ އަހަރު 1-0 އިން ޖަޕާން ބަލިކުރުމަށްފަހުއެވެ.