Advertisement

އޭއެފްސީ ކަޕް ފައިނަލުގައި 2015 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން

02 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޭޝިއަން ކަޕް ކުއާޓާ ފައިނަލްގައި މިރޭ އޮސްޓްރޭލިއާ އާއި ސައުތު ކޮރެއާ

ގަތަރުގައި މިހާރު ކުރިޔަށްދާ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ރާއްޖެ ގަޑިން 8:30 ގައި އޮސްޓްރޭލިއާ އަދި ސައުތު ކޮރެއާ ބައްދަލުކުރާއިރު، މި މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ އޮސްޓްރޭލިއާއަށެވެ.

އޮސްޓްރޭލިއާއިން ވަރަށް ފަސޭހަކަމާއެކު ރައުންޑް-އޮފް-ސިކްސްޓީންގައި 4-0 އިން އިންޑޮނޭޝިއާ ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރިނަމަވެސް، ކޮރެއާއަށް ކުއާޓާ ފައިނަލު ކަށަވަރު ކުރެވުނީ އޭގެ ދެ ދުވަސް ފަހުން، 120 މިނެޓު ކުޅެ ޕެނަލްޓީ ޖަހައިގެން ސައުދީ އަރަބިއްޔާ ބަލިކުރުމަށްފަހުއެވެ. އެހެންކަމުން، މި މެޗުގައި އޮސްޓްރޭލިއާއަށް އޮތް އެންމެ ބޮޑު ފައިދާއަކީ އަރާމު ކުރާނެ ގިނަ ދުވަސްތަކެއް ލިބިފައިވުމެވެ.

ކުއާޓާ ފައިނަލާ ގުޅޭ ގޮތުން ކޮރެއާގެ ކޯޗު ކްލިންސްމަން ފާހަގަ ކުރި ގޮތުގައި، ކޮރެއާއަށް އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދޭނީ ވޭނާއި ރިހުންތަކަށް ކެތްތެރިވެގެން ކަމަށެވެ. އަދި އޭނާ ބުނިގޮތުގައި، މިކަހަލަ މުބާރާތެއްގައި ކުރި ހޯދޭނީ ވެސް އެފަދަ ހިތްވަރެއް ހުރި ޓީމަކަށް ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ކްލިންސްމަން ބުނީ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމަކީ ފައިދާއެއް ކަމަށާއި، ނަފްސާނީ ގޮތުން ކުޅުންތެރިން ފިޓްކޮށް ތިބެއްޖެނަމަ، އެމީހުންގެ އުއްމީދު ހާސިލްވުމަކީ ކައިރީގައި އޮތް ކަމެކެވެ.

ކޮރެއާ ޓީމުގައި އެންމެ މޮޅަށް ކުޅެމުން އަންނަ އިނގިރޭސި ޕްރިމިއަ ލީގުގެ ޓޮޓެންހަމްގެ ސޮން ހިއުން-މިން އާއި ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ލީ ކަންގް-އިން އާއެކު ޖުމްލަ 6 ކުޅުންތެރިއެއް ވަނީ މުބާރާތުގެ ހުރިހާ މެޗެއްގައި ފުލްކޮށް ކުޅެފައެވެ. ނަމަވެސް އޮސްޓްރޭލިއާ ޓީމްގައި ހުރިހާ މެޗެއްގައި ފުލްކޮށް ކުޅެފައިވަނީ 4 ކުޅުންތެރިންނެވެ. މީގެ އިތުރުން އޮސްޓްރޭލިއާއަށް ރެސްޓުކުރަން ލިބުނު ދުވަސްތައް ގިނަ ވުމަކީ، އެ ޓީމުގެ ކޮޅަށް މެޗު ބުރަވާ އަނެއް ސަބަބެވެ.

އެހެންކަމުން، މިހާރު ފީފާ ރޭންކިންގައި ކޮރެއާ (23) އިން އޮސްޓްރޭލިއާއަށް (25) ވުރެން ދެ ރޭންކު މަތީގައި އޮތް އޮތުން މި މެޗަށް ފަހު ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗެއް މިއަދު ހަވީރު ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖެ ގަޑިން 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލު ކުރާނީ، ޕެނަލްޓީ ޖަހައިގެން ޔޫއޭއީ ބަލިކުރުމަށްފަހު ކުއާޓާއިން ޖާގަ ހޯދި ތަޖިކިސްތާނާއި، 3-2 އިން އިރާގު ބަލިކުރި ޖޯޑަންއެވެ.

މި މުބާރާތުގައި މާދަމާ ވެސް ވަރަށް ފޯރި ގަދަ މެޗެއް ކުޅޭނެއެވެ. އެއީ އޭޝިއާ ރޭންކިންގެ އެންމެ މަތީގައި އޮތް ޖަޕާނާއި، ދެވަނައަށް އޮތް އިރާން ބައްދަލުކުރާ މެޗެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ. ކުއާޓާގެ ފަހު މެޗުގައި މާދަމާ ރޭ 8:30 ގައި ކުޅޭނީ މުބާރާތް ބާއްވާ ގަތަރާއި އުޒްބެކިސްތާނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.