Advertisement

ފޮޓޯ: އޭއެފްސީ

12 Dec 2023
ކުޅިވަރު

މާޒިޔާއިން އޭއެފްސީ ކަޕް ނިންމާލީ މޮޅަކުން

އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި ހޯމަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗު 1-0 އިން މާޒިޔާ ކާމިޔާބުކޮށްފިއެވެ.

މޯހަން ބަގާން ކޮޅަށް މާޒިޔާއިން ކާމިޔަބު ކުރި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ގޯލު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 40 ވަނަ މިނެޓްގައި މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީކަނަށެވެ.

މީގެ އިތުރުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކަށް މާޒިޔާ ޓީމަށް މުޅި މެޗުގައި ލިބިފައިވެއެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް އައިސަމް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އެ ޓީމުގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި މޯހަން ބަގާން ޓީމުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މުބާރާތުގެ ފުރަތަމަ 3 މެޗުން 7 ޕޮއިންޓު ހޯދި ނަމަވެސް، އެއަށްފަހު އެ ޓީމުގެ ކުޅުން ވަރަށް ދަށްވެގެން ދިޔަކަމަށް ފާހަގަ ކުރެވުނެވެ. އަދި މާޒިޔާ މެޗު ކުޅުމަށް އެ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންނާއި ހެޑް ކޯޗު ޖުއާން ފެރާންޑޯ ދަތުރުކޮށްފައެއް ނުވެއެވެ. އެހެންކަމުން މި މެޗުގައި ބޮޑަށް ބޭނުންކޮށްފައިވަނީ ރިޒާވް ޓީމުގެ ކުޅުންތެރިންނެވެ. އަދި ޓީމަށް އިރުޝާދު ދިނީ އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ކްލިފޯޑް މިރަންޑާއެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކީ މާޒިޔާއަށް ޖުމްލަ ލިބުނީ 6 ޕޮއިންޓެވެ. ނަމަވެސް އެ ޓީމަށް މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕްގެ އެންމެ ފުލުންނެވެ. މޯހަން ބަގާންއަށް ލިބުނު 7 ޕޮއިންޓާއެކީ އެ ޓީމު މުބާރާތް ނިންމާލީ ގްރޫޕްގެ 3 ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.