Advertisement

10 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުޓުބޯޅަ ބެލުންތެރިންނަށް މިރޭ މިއީ ބޮޑު ރެއެއް

ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ މެޗުތައް ކުޅޭ ރޭރެއާ ދިމާވެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެކި ބައްރުތަކުން، ވަރުގަދަ މެޗުތަކެއް އެއް ރެއެއްގައި ފެނިގެންދާނެ ބޮޑު ރެއެކެވެ. އޭއެފްސީ އޭޝިއަން ކަޕާއި، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލް މެޗުގެ އިތުރުން، ސްޕެނިޝް ލީގާއި ޖަރުމަނު ލީގުގައި މިރޭ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެއެވެ.

އެގޮތުން އޭޝިއަން ކަޕް ފައިނަލުގައި މިރޭ ޖޯޑަން އާއި ގަތަރު ކުޅޭއިރު، އެފްކޮންގެ ފައިނަލުގައި ބައްދަލުކުރާނީ އައިވޮރީ ކޯސްޓާއި ނައިޖީރިއާއެވެ. ސްޕެނިޝް ލީގާއި ޖަރުމަނު ލީގުގައި ފެނިގެންދާނީ، ލީގު އެއްވަނައަށް އެރުމަށް ކޮންމެ ލީގެއްގެ ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ދެ ޓީމު ގަދަހިފުމަކަށް ދާމަންޒަރެވެ.

އޭޝިއަން ކަޕް ފައިނަލް

އޭޝިއަން ކަޕްގެ ފައިނަލް މެޗު މިރޭ ރާއްޖެ ގަޑިން 8:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މުބާރާތުގައި މޮޅު ނަތީޖާތަކެއް ނެރެމުން ފައިނަލަށް ދަތުރުކުރި ޖޯޑަންއަށް ތަފާތު ތަޖުރިބާއަކަށް ވާނެކަން ޔަގީނެވެ. މުބާރާތުގެ ސެމީ ފައިނަލާ ހިސާބަށް އަލަށް ދަތުރުކުރި ޖޯޑަން މިރޭ މި ނިކުންނަން ޖެހެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގަތަރާ ދެކޮޅަށެވެ. އެހެންކަމުން، ދަނޑު ތެރެއިންނާއި ދަނޑު ބޭރުން ވެސް ޖޯޑަންއަށް ގެނުވާނީ މުޅިން ހާސްކަމެވެ.

އެހެންނަމަވެސް، މިއީ ޖޯޑަންއަށް ނުނެގޭނެ ތައްޓެއް ނޫންކަން އެމީހުން ވަނީ ސެމީ ފައިނަލް މެޗުގައި ވެސް ސާބިތުކޮށްދީފައެވެ. އެ ޓީމަށް ވުރެން ދުނިޔޭގެ ރޭންކިން މާމަތީގައި އޮތް ސައުތު ކޮރެއާ ވަނީ 2-0 އިން ބަލިކޮށްފައެވެ. އަދި އެ މެޗުގައި ސައުތު ކޮރެއާއަށް އެދެވޭ ކުޅުމެށް ކުޅުމުގެ ފުރުސަތު ވެސް ޖޯޑަން އިން ދީފައެއް ނުވެއެވެ.

ލުސެއިލް ސްޓޭޑިއަމްގައި މިރޭގެ މެޗު ކާމިޔާބު ކުރުމަށް ހުރިހާ ގޮތަކުން ވެސް އެޑްވަންޓޭޖް އޮތް ގަތަރު ފައިނަލަށް ދަތުރު ކުރީ ސެމީގައި ވަރުގަދަ އިރާނު 3-2 އިން ބަލިކޮށްފައެވެ.

އެފްކޮން ފައިނަލް

އެފްރިކަން ކަޕް އޮން ނޭޝަންގައި މިރޭ ނައިޖީރިއާ މުބާރާތުގެ 4 ވަނަ ތަށި ހޯދުމަށް ނިކުންނައިރު، މުބާރާތް ބައްވާ އައިވޮރީ ކޯސްޓުން މެޗު ކާމިޔާބުކޮށްފިނަމަ، މިއީ އެމީހުނަށް މުބާރާތް ކާމިޔާބު ކުރެވޭ 3 ވަނަ ފަހަރު ކަމުގައި ވެގެންދާނެއެވެ.

އައިވޮރީ ކޯސްޓުގެ އަބިޖޭންގެ އެލެސޭން އޮއްޓާރާ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރުއެވެ. އިތުރު މިނެޓުގައި ގިނަ މެޗުތަކެއްގެ ނަތީޖާ ބަދަލުކޮށް، ގިނަ ޑްރާމާތަކެއް ފެނިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މިއީ ތަފާތު މުބާރާތެކެވެ.  

އައިވޮރީ ކޯސްޓުން ފައިނަލަށް ކުރި ދަތުރަކީ ވަރަށް ތާރީހީ ދަތުރެކެވެ. މުބާރާތުގެ ކުރީކޮޅު އެ ޓީމަށް ރަގަޅު ނަތީޖާތަކެއް ނުނެރެވުމުން، ޓީމުގެ ހެޑު ކޯޗު ވަނީ މަގާމުން ދުރުކޮށްފައެވެ. ތިން ވަނައަށް ދާ ޓީމުތަކަށް ލިބޭ ފުރުސަތުގެ ތެރެއިން ލިބުނު ހަނި ފުރުސަތުގައި އެ ޓީމު ގަދަ 16 އަށް ދަތުރުކުރީ ހަމަކިރިޔާއެވެ. ނަމަވެސް އެމީހުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ވެސް މުބާރާތުން ކަޓުވާލާފައެވެ.

މި ދެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ނައިޖީރިއާއެވެ.

ސްޕެނިޝް ލަ ލީގާ

ސްޕެނިޝް ލީގުގައި މިރޭ ރިއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރާ މެޗަކީ ވަރަށް ބަލާހިތްވާނެ މެޗަކަށް ވާނެ ކަމަށް ހެކިދޭ ބައިވަރު ސަބަބު އެބަހުއްޓެވެ.

މެޑްރިޑްގެ ސެންތިއާގޯ ބާރނަބޭއޯގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް މެޑްރިޑު ނިކުންނައިރު، އެ ޓީމު އޮތީ ދެ ޕޮއިންޓުގެ ލީޑެއްގައެވެ. ނަމަވެސް، މި ސީޒަންގައި ޖިރޯނާއިން އެމީހުންގެ ތާރީހު ލިޔަމުން އަންނައިރު، އެ ޓީމަށް މެޑްރިޑް ބަލިކުރެވުމަކީ އަނެއްކާ ވެސް ލީގު އެއްވަނައަށް އެރުމަށް ލިބޭ ފުރުސަތެކެވެ. އަނެއްކޮޅުން، މެޑްރިޑް މޮޅުވެއްޖެނަމަ، ލީގު އެއްވަނައިގައި އެމީހުން 5 ޕޮއިންޓުގެ ލީޑަކާއެކު ހަމަޖެހިލާނެއެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 10:30 ގައެވެ.

މި ސީޒަންގައި މި ދެ ޓީމު ފުރަތަމަ ބައްދަލުކުރި މެޗު 3-0އިން ކާމިޔާބުކޮށްފައިވަނީ މެޑްރިޑުންނެވެ.

ޖަރުމަނު ލީގު

ބެޔާން ލެވަކޫސެންގެ ބޭއެރީނާގައި މިރޭ އެ ޓީމުން ބެޔާން މިޔުނިކާ ދެކޮޅަށް ނިކުންނައިރު، މިއީ މި ސީޒަންގައި ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގައި ބަލިނުވެ އޮތް ޒާބީ އަލޮންސޯގެ ލެވަކޫސަންއަށް ވަރުގަދަ އިމްތިހާނެކެވެ.

މިރޭގެ މެޗު ކާމިޔާބުކުރެވިއްޖެނަމަ، ލެވަކޫސަންއަށް 5 ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.

މި މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.

މި ދެ ޓީމު މި ސީޒަންގައި ފުރަތަމަ ބައްދަލުކުރި މެޗު ނިމުނީ 2-2އިން އެއްވަރު ވެގެނެވެ. ލެވަކޫސަންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ، މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.