Advertisement

24 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޭއެފްސީ ކަޕް: ސީރިއާ އާއި ފަލަސްތީނަށް ތާރީހީ ކާމިޔާބީއެއް

ގަތަރުގައި މިހާރު ކުރިޔަށްދާ އޭޝިއަން ކަޕްގައި އިއްޔެއަކީ ސީރިއާ އާއި ފަލަސްތީނަށް ތާރީހީ ދުވަހެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގައި އިއްޔެ ސީރިޔާ އާއި ފަލަސްތީނުން ގްރޫޕްގެ ފަހު މެޗު ކާމިޔާބުކުރުމުން ލިބުނު 4 ޕޮއިންޓާއެކީ ދެ ޓީމުވެސް މިވަނީ މުޅިން އަލަށް މުބާރާތުގެ "ނޮކް އައުޓް" ބުރަށް ދަތުރުކޮށްފައެވެ.

2015 ވަނަ އަހަރު އޭއެފްސީ ކަޕަށް އަލަށް ކޮލިފައިވި ފަލަސްތީނަށް މުބާރާތުގައި މިހާތަނަށް ކާމިޔާބު ކުރެވުނު ހަމައެކަނި މެޗަކީ އިއްޔެ ހޮންގްކޮންގްއާ ދެކޮޅަށް ކުޅުނު މެޗެވެ. ފަލަސްތީނުން ހޮންކޮންގްގެ މައްޗަށް 3-0 އިން ހޯދި ކާމިޔާބީއާއެކީ، މުބާރާތުގެ "ނޮކް އައުޓް" މެޗަކުން އެ ޓީމު މުޅިން އަލަށް މި ފަހަރު ފެނިގެން ދާނެއެވެ

ގްރޫޕްގެ ފަހު މެޗަށް ފަލަސްތީނުން ނިކުތް އިރު، ރައުންޑް-އޮފް-16 އޮތީ ހުވަފެނެއްގެ ތެރޭގައެވެ. ސަބަބަކީ ކުޅުނު ފުރަތަމަ ދެ މެޗުން 1 ޕޮއިންޓު ލިބިފައިވުމެވެ. ނަމަވެސް، ހީކުރެނުގޮތާ ހިލާފަށް ލިބުނު ބޮޑު ކާމިޔާބީއާއެކީ ފަލަސްތީނުގެ ސަޕޯޓަރުންނަށް މިވަނީ އުފާވެރިކަން ގެނަސްދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފަލަސްތީނުގެ ކެޕްޓަން މުސަބް އަލް ބައްޓާޓް ބުނީ، ޓީމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތައް ކިތަންމެ ބޮޑު ނަމަވެސް، އެ ޓީމުން މި ހޯދި ކާމިޔާބާއެކީ ހާމަވެގެން މި ދިޔައީ، ފަލަސްތީނަކީވެސް ކާމިޔާބު ހޯދޭނެ ޓީމެއްކަމަށާއި، ސަރަހައްދީ ފުޓުބޯޅައިގައި އެ ޓީމަކީވެސް ރަގަޅު ކާމިޔާބީތަކެއް ހޯދޭނެ ޓީމެއްކަމެވެ.

ގްރޫޕް-ބީ ގައި ސީރިއާއިން 1-0 އިން އިންޑިއާ ބަލިކުރުމުން ލިބުނު 4 ޕޮއިންޓާއެކީ ގްރޫޕްގެ 3 ވަނަ ލިބުނު ނަމަވެސް، ސީރިޔާ ވެސް ވަނީ "ނޮކް އައުޓް" ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ

މުބާރާތުގައި ވާދަކުރާ ޓީމުތައް 6 ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމުގެ އިތުރުން، ގްރޫޕްތަކުގެ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމެއް ވެސް "ނޮކް-އައުޓް" ބުރަށް ދަތުރުކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.