Advertisement

ފޮޓޯ: އޭއެފްސީ

07 Nov 2023
ކުޅިވަރު

ގަލޮޅު ދަނޑުގައި ކުރިމަތިލާން ޖެހުނު ހިތްދަތި ބައްޔާއެކު، އޭއެފްސީ ކަޕުން މާޒިޔާ ކަޓައިފި

އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އިންޑިއާގެ އޮޑިޝާ އެފްސީ ބައްދަލުކުރި މެޗު 3-2 އިން އޮޑިޝާއިން ކާމިޔާބު ކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ނާކާމިޔާބީއާއެކީ މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް މިވަނީ ގެއްލިފައެވެ. އެއީ މި ގްރޫޕްގެ އަނެއް މެޗުގައި ބަޝުންދަރަ ކިންގްސް އިން މޯހަން ބަގާން މިރޭ ބަލިކުރުމާ ގުޅިގެންނެވެ.

މީގެ ދެ ހަފްތާކުރިން އޮޑިޝާ އެފްސީގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މާޒިޔާއަށް ކުރިމަތިލާން ޖެހުނު ބޮޑު ބައްޔަށް ބަދަލު ހިފުމުގެ އަޒުމުގައި، އެ ޓީމުން މިއަދުގެ މެޗު ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.

މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗްއަށް އޮޑިޝާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް ބަލަބަނޮވިޗްއެވެ

ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް ލީޑު ފުޅާކުރުމަށް މާޒިޔާއަށް އިތުރު ފުރުސަތުތައް ލިބުނެވެ. ދާދު އާއި ހަމްޕު ފޮނުވާލި މި ހަމަލާތައް އޮޑިޝާގެ ޑިފެންސް ލައިނުން ހުޝިޔާރުކަމާއެކީ ވަނީ މައިތިރިކޮށްފައެވެ.

އޮޑިޝާއިން މެޗު އަނބުރާލީ ދެވަނަ ހާފުއެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯލްއެވެ. އޭގެ މާގިނައިރުތަކެއްނުވެ އެ މީހުން ދެވަނަ ގޯލެއް ވެސް ކާމިޔާބުކުރިއެވެ. މި ގޯލު ކާމިޔާބުކުރީ އެޓީމްގެ ބިދޭސީ ފޯވާޑް ޑިއޭގޯ މައުރީސިއޯއެވެ.

މެޗުން މޮޅުވި ލަނޑު އޮޑިޝާއިން ކާމިޔާބުކުރީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް އެ ޓީމުގެ ރޮއީ ކްރިޝްނާ ޖަހައިދިން ގޯލަކުންނެވެ. މެޗުގެ 86 ވަނަ މިނެޓުގައި ކްރިޝްނާ މި ގޯލު ކާމިޔާބުކުރީ މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ގޯލުތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.  

މި ގްރޫޕްގައި މިއަދު ދެން ކުޅުނީ ބަޝުންދަރަ ކިންގްސް އާއި މޯހަން ބަގާންއެވެ. މި މެޗު 2-1 އިން ކާމިޔާބުކޮށް ބަޝުންދަރަ ކިންގްސް ވަނީ ޖުމްލަ 7 ޕޮއިންޓް ހޯދާފައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް މޯހަން ބަގާންއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ކުރީގައި އޮތީ ގޯލު ތަފާތުންނެވެ. މުބާރާތުގައި އޮޑިޝާ އެފްސީއަށް ކުރިޔަށް ދެވެން އޮތީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މޯހަން ބަގާން ބަލިކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.