Advertisement

އޭޝިއަން ކަޕް ކުއާޓާ ފައިނަލުގައި ސޮން ކާމިޔާބުކުރި ގޯލަށްފަހު އުފާފާޅުކުރަނީ

03 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޭޝިއަން ކަޕް: ފަހަތުން އަރާ ކޮރެއާ އިން އޮސްޓްރޭލިއާ ކަޓުވާލައިފި

އޭޝިއަން ކަޕް ކުއާޓާ ފައިނަލުގައި އޭޝިއާގެ ފުޓުބޯޅައިގެ ވަރުގަދަ ދެ ބާރު ކަމުގައިވާ އޮސްޓްރޭލިއާ އާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގައި، އޮސްޓްރޭލިއާއިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ކޮރެއާއިން މެޗު ކާމިޔަބުކޮށް، ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި މި މުބާރާތުގެ ފައިނަލުގައި ވެސް ބައްދަލުކޮށްފައިވަނީ މި ދެ ޓީމެވެ. ނަމަވެސް އެ މެޗުގައި، އޮސްޓްރޭލިއާއިން ވަނީ އެމީހުންގެ ސަޕޯޓަރުންގެ ކުރިމަތީގައި 2-1 އިން ކޮރެއާ ބަލިކޮށް، އޭޝިއާ ބައްރުގެ ފުޓުބޯޅައަށް 2006 ވަނަ އަހަރު އެ ޓީމު ބަދަލުކުރި ފަހުން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އަނެއް ކޮޅުން ކޮރެއާއަށް މި ތަށީގައި އަތް ނުލެވޭތާ 63 އަހަރު ވެއްޖެއެވެ. އެ ޓީމުން އެންމެ ފަހުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައި ވަނީ، އެ ގައުމުގައި ބޭއްވި މުބާރާތުގައި، 1960 ވަނަ އަހަރުއެވެ.  

ރޭގެ މެޗުގައި އޮސްޓްރޭލިއާއިން ލީޑު ނަގާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ކްރެއިގް ގުޑްވިން ކާމިޔާބުކުރި ރީތި ގޯލަކުންނެވެ. އޮސްޓްރޭލިއާގެ ފަހަތުން ކަނާތް ފަރާތަށް ކުޅޭ އެޓްކިންސަން ގޯލު ކުރިމައްޗަށް މަތިން ހުރަސްކޮށްލި ބޯޅަ، ކޮރެއާ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރުގެ ބޯމަތިން ވެއްޓުނީ ގޯލުގެ ފަހަތު ދަނޑިއާ ހިސާބުގައި ހުރި ގުޑްވިންގެ ފަޔަށެވެ. އޭނާ ބޯޅަ ގޯލަށް ފޮނުވާލީ އެއްބުރުންނެވެ.

ކޮރެއާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ކުޅުން ހިނގަމުން ދަނިކޮށް، އެ ޓީމުގެ ތަރި، ސޮން ހިއުން-މިންއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އިނގިރޭސި ޕްރިމިއަ ލީގުގެ ވުލްވަހެމްޓަން ވޯންޑާސް (ވޫލްވްސް) އަށް ކުޅެމުން އަންނަ ވަންގް ހީ-ޗާން އެވެ.

މި ގޯލާއެކީ އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. ކޮރެއާއިން މެޗު ކާމިޔާބުކުރި ގޯލު ޖަހާފައިވަނީ މެޗުގެ 104 ވަނަ މިނެޓުގައި ސޮންއެވެ. ވާތް ފަރާތުން، ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ކޮރެއާއަށް ލިބުނު ހިލޭ ޖެހުން ސޮން ފޮނުވާލާފައިވަނީ ގޯލުގެ ވާތް ފަރާތުން މަތީ ކަނަށެވެ.

ސެމީ ފައިނަލްގައި ކޮރެއާ ނިކުންނާނި ޖޯޑަންއާ ދެކޮޅަށެވެ. މި ދެ ޓީމަކީ ވެސް ގްރޫޕް-އީ ގައި ހިމެނުނު ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެފައިވަނީ، ކޮރެއާއިން މެޗުގެ އިތުރު މިނެޓުގައި ކާމިޔާބުކުރި ގޯލަކުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ދެ މެޗު މިއަދުވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން ހަވީރު 4:30 ގައި ބައްދަލުކުރާނީ ސަރަހައްދީ އެންމެ ވަރުގަދަ ދެ ޓީމުކަމުގައިވާ އިރާނާއި ޖަޕާނެވެ. ކުއާޓާގެ ފަހު މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު، ގަތަރާއި އުޒްބެކިސްތާނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.