Advertisement

26 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޭޝިއަން ކަޕްގެ ނޮކްއައުޓް ބުރުގައި އޭޝިއާ ޕެސިފިކާއި މެދުއިރުމަތީގެ ކުރިމަތިލުންތަކެއް

މިހާރު ކުރިޔަށްދާ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އިއްޔެ ނިމިފައިވާއިރު، ނޮކްއައުޓް ބުރުގައި ވާދަކުރާ ހުރިހާ ޓީމުތަކާއި، މެޗުތައް މިވަނީ ކަނޑައެޅިފައެވެ.

އެގޮތުން އޭޝިއާ ޕެސިފިކްގެ ގަދަބާރުތައް ކަމުގައިވާ އޮސްޓްރޭލިއާ، ޖަޕާން އަދި ސައުތު ކޮރެއާއިން މި ބުރުގެ ޖާގަތައް ކަށަވަރުކުރިއިރު، މެދުއިރުމަތީގެ އެންމެ ފުންނާބު އުސް ޓީމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ގަތަރު ވެސް ވަނީ އެ ޓީމުތައް ހިމެނޭ ގްރޫޕްގެ އެއްވަނަ ހޯދާ، ނޮކްއައުޓް ބުރަށް ކޮލިފައިވެފައެވެ.

ނޮކްއައުޓް ބުރުގައި ފެނިގެންދާނެ އޭޝިއާ ޕެސިފިކާއި މެދުއިރުމަތީގެ އެންމެ ވަރުގަދަ ކުރިމަތިލުމަކަށްވާނީ، ޖެނުއަރީ 30 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި ސައުތު ކޮރެއާ ބައްދަލުކުރާމެޗެވެ. ސައުތު ކޮރެއާ ނޮކްއައުޓް ބުރުން ޖާގަ ހޯދީ ގްރޫޕް-އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ފުރަތަމަ މެޗުގައި އެ ގްރޫޕުގެ އެއްވަނަ ހޯދި ބަހްރެއިން 3-1 އިން ބަލިކުރި ނަމަވެސް، މެލޭޝިއާއާއި ޖޯޑަން މެޗުން އެ ޓީމު ވަނީ އެއްވަރު ވެފައެވެ.

ގްރޫޕް ސްޓޭޖުގައި އޮމާން އާއި ކިރިގިސްތާން ބަލިކޮށް، އަދި ތައިލެންޑު މެޗުން އެއްވަރުވެ ލިބުނު 7 ޕޮއިންޓާއެކު، ސައުދީ ކޮލިފައިވީ ގްރޫޕް-އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރައުންޑް-އޮފް-ސިކްސްޓީންގެ މެޗުތައް ޖެނުއަރީ 28 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ކުޅޭނީ އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ ބައްދަލުކުރާ މެޗާއި، ތަޖިކިސްތާނާއި ޔޫއޭއީ ބައްދަލުކުރާ މެޗެވެ.

ޖެނުއަރީ 29 އާއި 30 ގައި ކުޅޭނީ އިރާގާއި ޖޯޑަން އަދި ގަތަރާއި ފަލަސްތީން ބައްދަލުކުރާ މެޗާއި، އުސްބަކިސްތާނާއި ތައިލެންޑް އަދި ސައުދީ އަރަބިއްޔާ އާއި ސައުތުކޮރެއާ ބައްދަލުކުރާ މެޗެވެޖެނުއަރީ މަހުގެ 31 ގައި އޮންނާނީ ބަހުރެއިނާއި ޖަޕާން އަދި އިރާނާއި ސީރިއާ ބައްދަލުކުރާ މެޗެވެ

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.