Advertisement

04 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޭޝިއަން ކަޕް: އިރާނުން ޖަޕާނު ބަލިކޮށް ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

އޭޝިއަން ކަޕް ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި އިރާނާއި ޖަޕާނު ބައްދަލުކުރި މެޗުގައި އިރާނަށް އިތުރު މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުން ފަހަތުން އަރައި ޖަޕާނު ބަލިކޮށްފިއެވެ.

އޭޝިއަން ކަޕްގައި މި ދެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލައި، މި މެޗަކީ މުބާރާތުގެ ފައިނަލާ ނުލައި ދެން ކުޅޭނެ އެންމެ ފޯރިގަދަ މެޗުކަމަށް ގަބޫލުކުރެވިފައި އޮތެވެ. ކަންވީ ވެސް އެހެންނެވެ. 1960 އާއި 1970ގެ އަހަރުތަކުގެ ތެރޭގައި ޖެހިޖެހިގެން 3 ފަހަރަށް މުބާރާތް ކާމިޔާބުކުރި އިރާނުން މެޗު އަނބުރާލީ އިތުރު މިނެޓުގައެވެ. 1992 ވަނަ އަހަރުގެ ފަހުން މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޖަޕާނުން ލީޑު ނެގީ 28 ވަނަ މިނެޓުގައި އެ ޓީމުގެ މެދު ތެރެއަށް ކުޅޭ ހިޑެމާސާ މޮރީޓާ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ ފަހުން ލީޑު ފުޅާ ކުރާނެ ފުރުސަތުތަކެއް ޖަޕާނަށް ލިބިގެން ދިޔައެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ.

އިރާނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، 55 ވަނަ މިނެޓުގައި މުހައްމަދު މޮހޭބީ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި ސެމީގެ ޖާގަ އެ ޓީމުން ކަށަވަރުކުރީ، އިތުރު މިނެޓުގައި ޖަޕާނުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅައެއް، ޖަޕާނުގެ ދެ ޑިފެންޑަރުންނަށް ރަގަޅަށް މުއާމަލާތް ނުކުރެވި ލަސްވެ، ބޯޅަ ސާފު ނުކޮށްލެވުމުން އެ ބޯޅަ ހޯދަން މަސައްކަތްކުރި އިރާނުގެ ސެންޓްރަލް ޑިފެންޑަރަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

އޭޝިއަން ކަޕްގެ ތާރީހުގައި އިރާނުގެ ސަޕޯޓަރުން މީގެ ފަހުން އަބަދުވެސް ހަނދާން ހުންނާނެ މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީރިޒާ ޖަހަންބަކްޝްއެވެ. އަދި އޭގެ 3 މިނެޓުފަހުން ރެފްރީ ފުމެލި ކަށިގަނޑާއެކީ، ޖަޕާނުން އަނބުރާ ގައުމަށް ދިއުމަށް ތައްޔާރުވާން ޖެހުނެވެ.

ކުއާޓާ ފައިނަލްގެ ފަހު މެޗުގައި، މުބާރާތް ބާއްވާ ގަތަރުން ވަނީ އުޒްބެކިސްތާނު ބަލިކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ކުޅެވުނު އިރު ނަތީޖާ ހަމަހަމަވެފައި ވުމުން، އިތުރު ވަގުތު ކުޅުނެވެ. ނަމަވެސް އިތުރު ވަގުތުގެ ދެ ހާފުން ވެސް ނަތީޖާ ކަނޑަނޭޅުމުން، ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިރާނުން ވަނީ 3 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އުޒްބެކިސްތާނަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 6 އަދި 7 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޖޯޑަން އާއި ސައުތު ކޮރެއާއެވެ. އަދި ދެވަނަ މެޗުގައި އޮންނާނީ އިރާނާއި ގަތަރުގެ ކުރިމަތިލުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.