Advertisement

މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗެއްގެ ތެރެއިން, ފޮޓޯ: އޭއެފްސީ

24 Oct 2023
ކުޅިވަރު

މާޒިޔާ ބަލިކޮށް އޭއެފްސީ ކަޕުގައި އޮޑިޝާގެ ފުރަތަމަ މޮޅު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ 3 ވަނަ ބުރުގައި ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީއިން އޭއެފްސީ ކަޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ޑިލްހީ ޑައިނަމޯސް އެފްސީގެ ނަމުގައި 2014 ވަނަ އަހަރު އުފައްދާ، އަދި އޭގެ ފަހުން 2019 ގައި ކްލަބްގެ ނަން އޮޑިޝާ އެފްސީއަށް ބަދަލުކުރި މި ކްލަބު، މި ސީޒަންގެ އޭއެފްސީ ކަޕްގައި މި ވާދަކުރަނީ ކްލަބްގެ ތާރީހުގައި ވެސް މުޅިން އަލަށެވެ. އެމީހުންގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މާޒިޔާގެ މައްޗަށް ކުރިހޯދާފައިވަނީ 6-1 އިންނެވެ.

މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ އޮޑިޝާއިން ލީޑު ނެގިއެވެ. މެޗުގެ 3 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕުޓެއާއެވެ. އޭގެ 10 މިނެޓުފަހުން، މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސާބިއާ ޑިފެންޑަރ ބްރަނިމީރް ޖޮސިޗްއެވެ. ނަމަވެސް މި ސްކޯ މާގިނައިރުތަކެއް ނުވެ އޮޑިޝާއިން ބަދަލު ކުރިއެވެ. އެގޮތުން މާޒިޔާގެ ގޯލަށްފަހު 6 މިނެޓުގެ ތެރޭގައި އޮޑިޝާއިން 2 ގޯލު ޖަހާ 3-1 ގެ ލީޑެއް ނެގިއެވެ. މި ގޯލުތައް ކާމިޔާބުކުރީ ކާލޯސް ޑެލްގާޑޯއާއި މޯޓަޑާ ފޯލްއެވެ.

މާޒިޔާގެ ޑިފެންޑަރުންނަށް ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާއަކަށްވީ، އޮޑިޝާއިން ފަހު ހާފުގައި އިތުރު 3 ގޯލު ޖަހާ، 6-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިކުރުމެވެ. ފަހު ހާފުގެ ގޯލުތައް އޮޑިޝާއަށް ކާމިޔާބުކޮށްދިނީ އަމޭ ރަނަވާޑޭ، އިސާކް ވަންލަލްރުއާޓްފެލާ އަދި ސާހިލް ޕާންވާރު އެވެ.

މި ނަތީޖާއާއެކު، މާޒިޔާ އާއި އޮޑިޝާއަށް 3 މެޗުން ޖުމްލަ 3 ޕޮއިންޓު ލިބިފައިވީނަމަވެސް، ގޯލު ތަފާތުން ގްރޫޕް ޑީ ގެ ތިން ވަނައިގައި އޮތީ އޮޑިޝާއެވެ.

މާޒިޔާއިން ހޯދި 3 ޕޮއިންޓް ހޯދާފައިވަނީ ރާއްޖޭގައި ބަޝުންދަރާ ކިންގްސް ބަލިކޮށްގެނެވެ. އެއަށްފަހު ރަށުން ބޭރުގައު ކުޅުނު 2 މެޗުން މި ވަނީ ބަލިވެފައެވެ. މާޒިޔާއިން ބަޝުންދަރާ ކިންގްސް ބަލިކޮށްފައިވަނީ 3-1 އިންނެވެ. އަދި އޭގެ ފަހުން މޯހަން ބަގާންއާ ކުޅުން މެޗުން ބަލިވީ 2-1 އިންނެވެ.

ނަތީޖާ މިހެން ނިކުތް ނަމަވެސް، މާލޭގައި ކުޅޭ މެޗުތައް މާޒިޔާ ކާމިޔާބުކޮށްފިނަމަ، ދެން އޮންނަ ބުރަށް ދަތުރުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.