Advertisement

10 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަފީފްގެ ޕެނަލްޓީ ހެޓްރިކަކާއެކު، ގަތަރުން އޭޝިއަން ކަޕް ދިފާއުކޮށްފި

އޭއެފްސީ އޭޝިއަން ކަޕް ފައިނަލުގައި ޖޯޑަން 3-1 އިން ބަލިކުރުމަށްފަހު، މުބާރާތް ބޭއްވި ގަތަރުން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. މިއާއެކު ގަތަރުން މުބާރާތުގައި ކުޅުނު ދެ ފައިނަލް ވެސް ކާމިޔާބުކޮށް، މިއީ އެ ޓީމުން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ގަތަރުން ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ 2019 ވަނަ އަހަރު 1-0 އިން ޖަޕާން ބަލިކުރުމަށްފަހުއެވެ

އަނެއްކޮޅުން އިދިކޮޅު ޓީމަށް ދިން 3 ޕެނަލްޓީއަކީ ރެފްރީގެ އެހާ އިންސާފުވެރި ނިންމުންތަކެއްކަމަށް ޖޯޑަންގެ ކުޅުންތެރިންނަށް ގަބޫލުކުރަން އުނދަގޫވެފައި ތިބި މަންޒަރު ފެނުނެވެ. އެހެންކަމުން އޭޝިއަން ކަޕުގެ މި ފަހަރުގެ މުބާރާތުގައި ޖޯޑަންއިން ނެރެފައިވާ މޮޅު ނަތީޖާތަކާއެކު، މުޅިން އަލަށް ސެމީ ފައިނަލަށާއި ފައިނަލަށް ދަތުރުކުރި ޖޯޑަންގެ ކުޅުންތެރިންނަށް މިއީ ވަރަށް ބޭއިންސާފު ނަތީޖާއެކެވެ

މެޗުގައި ފުރަތަމަ ލީޑު ނެގީ ގަތަރުންނެވެ. ގަތަރުން ލީޑު ނެގީ އެ ޓީމުގެ ފޯވާޑް، އަކުރަމް އަފީފް ބޯޅަ ހިފައިގެން ޖޯޑަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަތް ވަގުތު އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބު ވެސް ކުރީ އަފީފްއެވެ. މެޗުގެ 21 ވަނަ މިނެޓުގައި އަފީފް ކާމިޔާބުކުރި މި ގޯލަކީ މުބާރާތުގައި އޭނާ ކާމިޔަބުކުރި 6 ވަނަ ގޯލެވެ. މީގެ އިތުރުން ވެސް، ލީޑު ފުޅާކުރާނެ ފުރުސަތުތައް ގަތަރުން ތަނަވަސްކުރިތަން ފެނިގެން ދިޔައެވެ. ޖޯޑަންއިން ވެސް ވަނީ ގަތަރުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގަތަރުގެ ފެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ފާހަގަ ކުރެވެއެވެ

ޖޯޑަންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ދެވަނަ ހާފު ފެށުނުތަނާ އިތުރަށް މަސައްކަތްކުރާތަން ފެނުނެވެ. އެގޮތުން އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދާފައެވެ. ނަތީޖާއަކަށް ވީ މެޗުގެ 67 ވަނަ މިނެޓުގައި ގަތަރުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މަތިން ހުރަސްކުރި ބޯޅައެއް، ވަރަށް ރީތިކޮށް ކޮންޓްރޯލްކޮށްލުމަށްފަހު ޔަޒާން ނައިމަތު މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. އެއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި 4 ވަނަ ގޯލެވެ

އޭގެ މާގިނައިރުތަކެއް ނުވެ، ދެވަނަ ހާފުގައި ކުޅެން ނިކުތް އިސްމައިލަށް ކުރި ފައުލަކަށް ގަތަރަށް މެޗުގައި ދެވަނަ ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، މުބާރާތުގެ 7 ވަނަ ގޯލާއެކު އަކްރަމް އަފީފް އަނެއްކާ ވެސް ގަތަރަށް ލީޑު ނަގައިދިނެވެ.

މެޗުގެ 90 މިނެޓު ހަމަވުމުން ކުޅުނު 13 މިނެޓުގެ އިތުރު ވަގުތުގައި ގަތަރަށް ތިން ވަނަ ޕެނަލްޓީއެއް ލިބުނެވެ. މިއީ ވެސް އެ ޓީމުގެ ހުނަރުވެރި ފޯވާޑް، އަފީފަށްކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އަފީފުވަނީ ފައިނަލް މެޗުގެ ހެޓްރިކް ފުރިހަމަކޮށްފައެވެ

މުބާރާތުގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ މަގާމު ލިބުނީ، މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ގަތަރުގެ އަކްރަމް އަފީފަށެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.