Advertisement

07 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހައިރާންކޮށްލުމަށްފަހު ޖޯޑަންއިން އޭޝިއަން ކަޕްގެ ފައިނަލަށް

ގަތަރުގައި މިހާރު ކުރިޔަށްދާ އޭޝިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖޯޑަންއިން ކަށަވަރުކޮށްފިއެވެ. ފީފާ ރޭންކިންގައި ޖޯޑަންއަށް ވުރެން ބޮޑު ތަފާތަކުން ކުރީގައި އޮތް ސައުތު ކޮރެއާގެ މައްޗަށް އެ ޓީމުން ސެމީ ފައިނަލްގައި ކާމިޔާބު ހޯދީ 2-0 އިންނެވެ.

މިއީ ޖޯޑަން މި މުބާރާތުގެ ފައިނަލް ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން  މި މުބާރާތުގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފައެއް ނުވެއެވެ.

ގަތަރުގެ އަޙްމަދު ބިން ޢަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ޖޯޑަންއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ކޮރެއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ކޮރެއާއަށް މާ މޮޅު ކުޅުމެއް ނުދެއްކުނުތާގަ، މުޅި މެޗުގައި ޖޯޑަންގެ ގޯލަށް އެއްވެސް ހަމަލާއެއް އަމާޒު ކުރެވިފައެއް ނުވެއެވެ.

ޖޯޑަންގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައެވެ. އެއީ މޫސާ ޓަމާރީ ފަހިކޮށްދިން ފުރުސަތަކުން، ޖޯޑަންގެ ހުނަރުވެރި ކުޅުންތެރިޔާ ޔަޒާން އަލް-ނައިމަތު ކާމިޔާބުކުރި ގޯލެކެވެ. އޭގެ 13 މިނެޓު ފަހުން ޖޯޑަން އިން ލީޑު ފުޅާކުރިއެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ މޫސާ ޓަމާރީއެވެ.

މި ދެ ޓީމަކީ ވެސް ގްރޫޕް-އީގައި ހިމެނުނު ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ.

މި މުބާރާތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މޫސާ ޓަމާރީ މިވަގުތު ހުރި ފޯމަކީ، ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅޭނެ ޓީމަކަށް އޮންނާނެ އެންމެ ބޮޑު އެއް ނުރައްކަލެކެވެ. ކޮރެއާ ކޮޅަށް އޭނާ ޖެހި ގޯލާއި ހެދި އެސިސްޓާއެކު، މިހާތަނަށް ޖުމްލަ 4 ގޯލާއި 3 އެސިސްޓްކޮށްދީފައި ވެއެވެ. މީގެ އިތުރުން އަލް-ނައިމަތު ވަނީ ކޮރެއާގެ ގޯލަށް 6 ހަމަލާ ފޮނުވާލާފައެވެ.  

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ގަތަރާއި އިރާންއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 20:00 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.