މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް
20 Nov 2023
ކުޅިވަރު
ދިވެހި ލީގުގައި ޔޫވީ ކޮޅަށް މާޒިޔާއިން ގިނަ ގޯލުތަކެއް ޖެހިއިރު، އީގަލްސްއިން ވެސް ތިން ޕޮއިންޓު ހޯދި
ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ. މި މެޗު 11-0 ކާމިޔާބުކޮށް މާޒިޔާއިން ވަނީ ލީގުގައި މިހާރު ޖުމްލަ 25 ޕޮއިންޓު ހޯދާފައެވެ.
07 Nov 2023
ކުޅިވަރު
ގަލޮޅު ދަނޑުގައި ކުރިމަތިލާން ޖެހުނު ހިތްދަތި ބައްޔާއެކު، އޭއެފްސީ ކަޕުން މާޒިޔާ ކަޓައިފި
އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އިންޑިއާގެ އޮޑިޝާ އެފްސީ ބައްދަލުކުރި މެޗު 3-2 އިން އޮޑިޝާއިން ކާމިޔާބު ކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ނާކާމިޔާބީއާއެކީ މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް މިވަނީ ގެއްލިފައެވެ. އެއީ މި ގްރޫޕްގެ އަނެއް މެޗުގައި ބަޝުންދަރަ ކިންގްސް އިން މޯހަން ބަގާން މިރޭ ބަލިކުރުމާ ގުޅިގެންނެވެ.
24 Oct 2023
ކުޅިވަރު
މާޒިޔާ ބަލިކޮށް އޭއެފްސީ ކަޕުގައި އޮޑިޝާގެ ފުރަތަމަ މޮޅު
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ 3 ވަނަ ބުރުގައި ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީއިން އޭއެފްސީ ކަޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ޑިލްހީ ޑައިނަމޯސް އެފްސީގެ ނަމުގައި 2014 ވަނަ އަހަރު އުފައްދާ، އަދި އޭގެ ފަހުން 2019 ގައި ކްލަބްގެ ނަން އޮޑިޝާ އެފްސީއަށް ބަދަލުކުރި މި ކްލަބު، މި ސީޒަންގެ އޭއެފްސީ ކަޕްގައި މި ވާދަކުރަނީ ކްލަބްގެ ތާރީހުގައި ވެސް މުޅިން އަލަށެވެ.
30 Jul 2023
ކުޅިވަރު
ރޯގާގެ ސަބަބުން ކުޅުންތެރިން ހަމަނުވެ ލީގު މެޗު ވެލެންސިއާއަށް ގެއްލިއްޖެ
ހަލުވިކަމާއިއެކު މާލެ ސަރަހައްދުގައި ފެތުރެމުންދާ ނޯރޯވައިރަސްގެ އަސަރު ކްލަބް ވެލެންސިއާއަށް ކޮށް, ހޮނިހިރު ދުވަހު މާޒިޔާއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ލީގު މެޗަށް އެ ޓީމުގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން, އެ މެޗު މާޒިޔާއަށް ލިބިއްޖެއެވެ. އެހެންކަމުން މި މެޗުން މާޒިޔާއަށް 3 ޕޮއިންޓާއި ފައިދާ 2 ގޯލު ލިބުނެވެ.
03 May 2023
ކުޅިވަރު
މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕް ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި
އަންގާރަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ޕްރެޒިޓެންޓްސް ކަޕްގެ ފައިނަލް މެޗުގައި ކްލަބް އީގަލްސް ބަލިކޮށް, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މި މުބާރާތް ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. މިއީ މާޒިޔާ އިން ޕްރެޒިޓެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ހަތަރު ވަނަ ފަހަރެވެ.