Advertisement

06 Jul 2024
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

އޭއެފްސީއިން އަލަށް ފަށާ ޗެލެންޖާސް ލީގުން މާޒިޔާއަށް ފުރުސަތު ލިބިއްޖެ

އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއެފްސީ) އިން އޭޝިއާގެ ތިން ވަނަ ދަރަޖައިގެ ޓީމުތަކަށް ތައާރަފްކުރި  އޭއެފްސީ ޗެލެންޖާސް ލީގުގެ ގްރޫޕު ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނައިފިއެވެ. މާޒިޔާއަށް މި ފުރުސަތު ލިބިފައިވަނީ، ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

ސަރަހައްދީ  ކުލަބު ފުޓުބޯޅައިގައި މިހާތަނަށް ރާއްޖެއަށް ފުރުސަތު ލިބެމުން އައީ އޭޝިއަން ކަޕުންނެވެ. އެއީ އޭޝިއާގެ ދެވަނަ ފަންތީގެ ޓީމުތަކަށް ކުރިޔަށް ގެންދާ މުބާރާތެވެ. ނަމަވެސް އޭއެފްސީން ގެނެސްފައިވާ ބަދަލުތަކާއެކު ރާއްޖޭގެ ކުލަބުތަކަށް ދެން ފުރުސަތު ލިބޭނީ ތިންވަނަ ފަންތީގެ މުބާރާތުންނެވެ.

މާޒިޔާ ލައްވާލާނެކަމަށް މީގެކުރިން ބެލެވުނީ ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ކަމަށެވެ. ނަމަވެސް ލީގު ފޯމެޓާއި ޕްރިލިމިނަރީ މެޗު ޝެޑިއުލް އިއުލާނުކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭ ޓީމުތަކުގެ ތެރޭގައި ހިމަނާފައެވެ.

ޗެލެންޖާސް ލީގުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާގެ އިތުރުން މި ސަރަހައްދުގެ ޓީމަކަށް ދެން ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ދެން މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުގައި ހިމެނެނީ ބޫޓާންގެ ޕާރޯ އެފްސީ އާއި ނޭޕާލުގެ ޗާޗް ބޯއީސް ޔުނައިޓެޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.