Advertisement

30 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރޯގާގެ ސަބަބުން ކުޅުންތެރިން ހަމަނުވެ ލީގު މެޗު ވެލެންސިއާއަށް ގެއްލިއްޖެ

ހަލުވިކަމާއިއެކު މާލެ ސަރަހައްދުގައި ފެތުރެމުންދާ ނޯރޯވައިރަސްގެ އަސަރު ކްލަބް ވެލެންސިއާއަށް ކޮށް, ހޮނިހިރު ދުވަހު މާޒިޔާއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ލީގު މެޗަށް އެ ޓީމުގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން, އެ މެޗު މާޒިޔާއަށް ލިބިއްޖެއެވެ. އެހެންކަމުން މި މެޗުން މާޒިޔާއަށް 3 ޕޮއިންޓާއި ފައިދާ 2 ގޯލު ލިބުނެވެ.

މިކަމާއި ގުޅިގެން ކްލަބް ވެލެންސިއާއިން ހާމަކުރި ގޮތުގައި, މެޗު ކުޅެން ހާޒިރުވާންޖެހޭ ގަޑިއަށް ކްލަބްގެ އޮފިޝަލުންނާއި އަދި ފިޓްކޮށް ތިބި ކުޅުންތެރިން ހާޒިރުވިއެވެ. ނަމަވެސް މެޗު ކުޅެވޭވަރަށް, އެންމެ މަދުވެގެން 11 ކުޅުންތެރިން ހާޒިރުވެފައި ނުވާތީ އެކަން މުބާރާތް ހިންގާ ފަރާތަށް ހުށަހެޅި ކަމަށެވެ. އަދި ކަން ހިނގާ ދިޔަ ގޮތުންނާއި ރޯގާގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މީހުން އެއްވެ އުޅުން މަދުކުރުމަށް އަންގާފައި ދަނޑިވަޅަކަށް ވާޓީ ,މެޗު އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދިފައިވާނެކަމަށް އެ ކްލަބުން ހާމަކުރިއެވެ.

ނަމަވެސް އެފް. އޭ. އެމް. ގެ ޖެނެރަލް ސެކްރެޓަރީ, ހުސެއިން ޖަވާޒް ހާމަކޮށްފައިވާ ގޮތުގައި ވެލެންސިއާއިން އެ ޓީމުގެ ހާލަތު އެ އިދާރާއަށް އެންގީ މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް ކަމަށާއި, އެހެންކަމުން ވެލެންސިއާއިން މެޗު ފޯފެއިޓް ކުރިކަމަށް ބަލައި, މާޒިޔާއަށް މެޗު ލިބުނީ ކަމަށެވެ

މި މެޗުން ލިބުނު 3 ޕޮއިންޓާއިއެކު ޖުމްލަ 18 ޕޮއިންޓް ހަމަކޮށް މާޒިޔާ އޮތީ މިހާރު ލީގުގެ އެއްވަނައިގައެވެ. ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި ވެލެންސިއާ އޮތީ ލީގުގެ އެންމެ ފުލުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.