25 Jul 2023
ލައިފްސްޓައިލް
ދިވެހި ބަހުން ވާހަކަދައްކާ އިރު އާންމުކޮށް ބޭނުންކުރެވޭ ބައެއް ކުށްބަސް އެނގޭތަ؟
ގިނަ މީހުން ވާހަކަދެއްކުމުގައި ފަސޭހަކޮށްލުމުގެ ގޮތުން އިނގިރޭސި ބަސްބަސް ޙިޔާރުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން ދިވެހި ބަހުގެ ޤަވާޢިދާ މެދު މީހުން އިހުމާލުވެއެވެ. ވާހަކަދައްކާ އިރު ބޭނުންކުރެވެނީ ރަނގަޅު ބަސްތޯ ނުވަތަ ނޫންތޯ ގިނަ މީހުން ނުބަލައެވެ. އަދި ދެކެވޭ ވާހަކައިގައި ކުށެއް ކިޔުނުކަން ބުނެދެވޭ ހިނދު، ހިނިތުންވެލާފައި ތިމަންނާއަކީ ދިވެއްސަށް މާ މޮޅު މީހެއް ނޫނޭ ބުނެ އެ ކަމާ މެދު ފަހުރުވެރިވާ ދިވެހިން މިއަދު ގިނަވެއްޖެއެވެ.