Advertisement

23 Jul 2023
ލައިފްސްޓައިލް
އަޙްމަދު މަސީޙު

މީހުން މެރުމަކީ ދެވި ހިފާފާނެ ކަމެއްތަ؟

އިންސާނެއްގެ ފުރާނަ ނަގާލުމަކީ ފުރިހަމަ ބުއްދިއެއް ލިބިފައިވާ އެއްވެސް އިންސާނަކަށް އެހާ ފަސޭހަ ކަމެއް ކަމުގައި އެއްވެސް މީހަކު ނުދެކޭނެއެވެ. ނަމަވެސް އިންސާނުން މެރުމަށް ދެވިހިފާފައި ތިބި އިންސާނުންތަކެއް ދުނިޔެ ދެކެފައިވެއެވެ. މި ހިއްސާ ކޮށްލަނީ އޭގެތެރެއިން އެކެއްގެ ވާހަކައެވެ.

ރިޗާޑް ރެމީރޭޒް ނަމަކަށް ކިޔާ މި މީހާ ނިސްބަތްވަނީ ޔުނައިޓެޑް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ޓެކްސަސްގެ އެލް ޕަސޯ ކިޔާ ސިޓީއަކަށެވެ. ނަމަވެސް ރިޗާޑްގެ އާއިލާ ދިރިއުޅުނީ ކެލިފޯނިއާގައެވެ. އޭނާގެ މައިންފައިންނަށް ރިޗާޑްގެ ދޮށްޓަށް 4 ދަރިން ލިބިފައިވެއެވެ. ރިޗާޑް އުފަންވީ 1960ގައެވެ.

ކޮންމެ އިންސާނަކަށް ވެސް އެހެން އިންސާނެއްގެ ފުރާނައާ ކުޅެލުމުގެ ކުޅަދާނަކަން ލިބެނީ ބޮޑުވަމުން އަންނަ މާޙައުލުން ދިމާވާ ކަންތައްތަކެއްގެ ސަބަބުންނެވެ. ރިޗާޑްއަށް ވެސް ދިމާވީ ހަމަ އެ ފަދަ ގޮތެކެވެ. ރިޗާޑްގެ އުމުރުން އެންމެ 12 އަހަރުގައި ރޭޕްކުރުމާއި މީހުން މެރުމުގެ އަނިޔާވެރި އަމަލު އޭނާއަށް ތަޢާރުފުކޮށްދިނީ އޭނާގެ ދެބެއިންގެދެދަރި ފިރިހެނެކެވެ. މި މީހާއަކީ ވިއެޓްނާމްގައި ސިފައިންގެ މީހެއްގެ ގޮތުގައި އެތައް އަންހެނުންނެއް ރޭޕްކޮށް، މަރާ ހަދާފައިވާ މީހެކެވެ. އޭނާގެ އަނިޔާވެރި ޢަމަލުތައް އޭނާ ގެންގުޅުނު ފޮޓޯތަކުން އޭނާ ރިޗާޑްއަށް ދެއްކިއެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ޖެހިގެން އައި އަހަރު އޭނާ އޭނާގެ އަންހެނުން ބަޑިޖަހާ މަރާލީ ރިޗާޑްގެ ކުރިމަތީގައެވެ. މި ހުރިހާ ކަމެއް މި ގޮތަށް ހިގާ ދިއުމުން، އިންސާނުންނާ މެދު ކުޅޭއެއްޗެހީގެ ގޮތުގައި ދެކުމަށް ރިޗާޑް ޝައުޤުވެރިވީކަމުގައި ބެލެވިދާނެއެވެ.

ކުށުގެ ވެއްޓަށް ރިޗާޑް ވަނީ އެ ހިސާބުންފެށިގެންނެވެ. އުމުރުން ގާތްކަނޑަކަށް 14 އަހަރުގައި އޭނާ ގޭގެއަށް ވަދެ ވައްކަން ކުރަން ފެށިއެވެ. މާ ގިނަ ދުވަހެއް ނުވެ ކިޔެވުން ހުއްޓާލާފައި އެންމެނާ ވަކިން ލޮސްއެންޖެލަސްއަށް އޭނާ ބަދަލުވިއެވެ. ކަންތައްތައް ގޯހުންގޯހަށް ދިޔައީ އެ ހިސާބުންނެވެ. ވައްކަމުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރިޗާޑް ޖަލަށް ލެވުނެވެ. ކުރިމަތިވެގެން އައީ އާންމުންނަށް އަދި މާ އަނދިރި ދުވަސްތަކެކެވެ. ޖަލު ހުކުމުން ސަލާމަތްވެ ރިޗާޑް ދޫކޮށްލެވުނު ހިސާބުން ލިބުނު މިނިވަންކަމުގައި ރިޗާޑް، އޭނާގެ އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައެޅިއެވެ

ލޮސް އޭންޖަލްސް ޕޮލިސް އިން ރިޗާޑް ރަމިރޭޒް ހައްޔަރުކޮށްފައި ވަނިކޮށް

ފުލުހުންނާ އޭނާ ހިއްސާ ކުރި މަޢުލޫމާތުން އެނގޭ ގޮތުގައި އަދިއަދަށް ދާންދެން ވެސް އޭނާ މެރި ބައެއް މީހުންގެ ގާތިލު ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެނގޭ ގޮތުގައި ފުރަތަމަ ފަހަރަށް އޭނާ މީހަކު މަރާލިކަން ހާމަވާން އޮތީ 1984 ވަނަ އަހަރު އޭނާގެ އުމުރުން 24 އަހަރުގައެވެ. އެއީ އުމުރުން 79 އަހަރުގެ އަންހެނެކެވެ. ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެ އަންހެން މީހާއަށް ވަނީ އެތައް އަނިޔާއެއް ދީފައެވެ. ރިޗާޑްގެ ޝިކާރައަކަށް ވި ކޮންމެ މީހެއްގެ ގައިން ވެސް ޖިންސީގޮތުން ދީފައި ހުރި އަނިޔާތައް ފެންނަން ހުއްޓެވެ. އޭގެ ފަހުން އެކި ފަހަރު މަތިން 13 މީހަކު އޭނާ މެރިކަމަށް ޙަބަރު ފަތުރާ ފަރާތްތަކުން ހާމަ ކޮށްފައިވެއެވެ.

އޭނާ ހައްޔަރުކުރެވިފައި ވަނީ 1985 ވަނަ އަހަރުއެވެ. އެ ދުވަސްވަރު އޭނާ ދިރިއުޅުނު ސަރަހައްދުގެ މީހުންގެ މެދުގައި އޭނާގެ ނަމާއި ސިފަ ވަނީ އާންމުވެފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. ޖަލުގައި 28 އަހަރު ހޭދަ ކުރުމަށް ފަހު އޭނާ މަރުވެފައި ވަނީ އުމުރުން 53 އަހަރުގައި 2013 ވަނަ އަހަރެވެ

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.