ދަސްކުރާ އެއްޗެހި އަވަހަށް ހަނދާން ނެތޭތަ؟
ކިޔަވާ އެއްޗެހި ހަނދާން ނެތުމަކީ ވަރަށް ގިނަ ކިޔަވާ ކުދިންގެ ޝަކުވާއެކެވެ. މި ޒަމާނުގެ ބަހުން ނަމަ [ޝޯޓް-ޓާރމް މެމޮރީ ލޮސް] މައްސަލައަކީ ވަރަށް ގިނަ ކުދިންގެ ކިބައިގައިވާ ކަމެކެވެ. ނަމަވެސް ހާލަތު ބަދަލު ކުރަން ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން ތިބާގެ ހަނދާނުގައި އެއްޗެއް ދިގު މުއްދަތަކަށް ނުހުންނަ ނަމަ ތިބާއަށް ކުރެވިދާނެ ކަމެއް ހިއްސާކޮށްލާނަމެވެ.
ގިނަ ފަރާތްތަކަކަށް އެނގޭނެ ފަދައިން އެއްޗެއް އެންމެ ފުރިހަމައަށް ސިކުނޑީގައި ހަރުލެއްވޭނީ ތިމާ ދަސްކުރާ އެއްޗެހި އެހެން މީހަކަށް ކިޔައިދީގެންނެވެ. އެ މަޢުލޫމާތު ތިބާ ހިއްސާ ކުރާ މީހުން ގިނަވާ ވަރަކަށް ތިބާގެ ސިކުނޑީގައި އެ މަޢުލޫމާތު ހަރުލާލެއް ގަދަވާނެއެވެ. އެހެންކަމުން ދަސްކުރާ އެއްޗެހި އެހެން ފަރާތްތަކަށް ކިޔައިދޭން ފަށާށެވެ. އެއީ ތިބާގެ އާއިލާގެ މީހެއް ކަމުގައި ވިއަސް، ރައްޓެއްސެއް ކަމުގައި ވިއަސް އަދި ކުލާހުގައި ކިޔަވަމުންދާ ކުއްޖެއް ވިއަސް ރަނގަޅުވާނެއެވެ. ނުވަތަ އެކަނި އިނދެ އަމިއްލަ ނަސްފަށް ވިއަސް ކިޔާދޭށެވެ.
މި ގޮތަށް ކަންތައް ކުރުމުން ދަސްކުރާ މަޢުލޫއާ މެދު ސިކުނޑީގައި ސުވާލު އުފެއްދުމުގެ ފުރުޞަތު ތިބާއަށް ލިބިގެންދެއެވެ. ސަބަބަކީ ކިޔާދެމުން ދާ ވަގުތު މިވެނިއެވެނި ކަމެއް މިހެން ކަމަށް ވާ ނަމަ މިވެނިއެވެނި ކަމެއް ނިމޭނީ ކިހިނެއްހޭ ތިބާގެ ހިތަށް އަންނާނެއެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.