Advertisement

28 Jul 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ސްޓެލްކޯގެ ފްލީޓުން އިއާދަ ކުރުވަނިވި ހަކަތައާއި ވެށި ރައްކާތެރިކުރުން

ރާއްޖޭގެ 58 އަހަރު ފުރޭ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައު ބޭއްވި ފުޅަނދު ބުރުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްޓެލްކޯގެ ފްލީޓްގައި ތިން ފުޅަނދެއް ދައްކުވައިދިނެވެ.

ސްޓެލްކޯގެ ފުރަތަމަ ފުޅަނދުން ދައްކުވައިދިނީ ރާއްޖޭގެ ޗާލު ގޮނޑުދޮށެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ގޮނޑުދޮށުން އެ ރަމްޒުކޮށްދެނީ މިނިވަން މާހައުލެއްގައި ގްރީން އެނަޖީ ބޭނުންކުރާ ތަނެވެ. މީގެ އިތުރުން ޕްލާސްޓިކް ޕޮލިއުޝަންގެ ސަބަބުން ގޮނޑުދޮށްތަކަށް ކުރިމަތިވާ ނުރައްކާތައް ވެސް މި ފުޅަނދުން ދައްކުވައިދެއެވެ.

ސްޓެލްކޯގެ ދެވަނަ ފުޅަނދުން ދައްކުވައިދެނީ ޕްލާސްޓިކް ޕޮލިއުޝަނާއި ހެދި ކަނޑު އަޑީގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކެވެ. އެގޮތުން މަހެއްގެ އަނގައިގެ ތެރެއިން ޕްލާސްޓިކް ފުޅިތަކެއް މި ފުޅަނދުން ފެނުނެވެ.

އަދި ސްޓެލްކޯގެ ތިންވަނަ އަދި އެންމެ ބޮޑު ފުޅަނދުން ދައްކުވައިދިނީ، ކުޑަކުދިންގެ ތެރޭގައި މަޤްބޫލް "ފޯޓްނައިޓް" ގެ "ބެޓްލް ޕާސް" އެވެ. ފޯޓްނައިޓްގެ ކެރެކްޓަރސް އާއި ތިން ފުޅަނދު ވެސް ގުޅުވާލާފައި ވާއިރު މި ކެރެކްޓަރސްގެ އިތުރުން ސްޓެލްކޯއިން އަމިއްލައަށް އުފެއްދި ކެރެކްޓަރސް ވެސް މި ފުޅަނދުތަކުން ފެނިގެން ގޮސްފައިވެއެވެ.

އަމިއްލައަށް އުފެއްދި ކެރެކްޓަރސްތަކާއި ގުޅޭ ގޮތުން، ސްޓެލްކޯގެ ފުޅަނދުތައް ތަމްސީލުކުރި އެ ކުންފުނީގެ މުވައްޒަފަކު ބުނެފައިވަނީ، އެ ކެރެކްޓަރސްތަކަކީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ އިޖާދީ ވިސްނުން ކަމަށެވެ. އަދި އެ ކުދިންގެ އަމާޒަކީ އެ ކެރެކްޓަރސްތައް ދުނިޔޭގެ ފެންވަރުގައި ބޭނުން ކުރާނެ ފަދަ މަޤްބޫލް ކެރެކްޓަރސްތަކަކަށް ހެދުންކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.