Advertisement

13 Apr 2023
ލައިފްސްޓައިލް
ވިޝާމް

ހަފްތާ ބަންދާއި ނެޓްފްލިކްސް!

ހަފްތާ ބަންދާއި ދިމާކޮށް އަބަދުވެސް އެންމެ ހާއްސަކަމެއް ދެވެނީ ކޮންމެސް ފިލްމެއް ނުވަތަ ސީރީސް އެއް ބަލާލުމަށެވެ. އެކަމަކު އޯ.ޓީ.ޓީ ޕްލެޓް ފޯމުތައް ގިނަވުމާއެކު، މީހުނަށް ލިބިފައިވާ އޮޕްޝަންތައް ވެސް މިވަނީ ގިނަވެފައެވެ. ނަތީޖާއަކަށް ވަނީ އެތައް އިރެއް ވަންދެން ބަލާނެ އެއްޗެއް ނޭނގި، ސްކްރޯލް ކޮށްލަ ކޮށްލާ ހުރެވުމެވެ. އެހެންކަމުން މިވަގުތު ނެޓްސްފްލިކްސް ގައި ހިމެނޭ ބައެއް ފިލްމުތަކާއި ސީރީސްތަކުން ހާއްސަ ލިސްޓެއް ގެނެސްދޭނަމެވެ.

1. ދަ ނައިޓް އެޖެންޓް

ސްޕައި ކްރައިމް ތްރިލާތަކަށް ލޯބިކުރާ ފަރާތްތަކަށް މިސީރީސް ވަރަށް ކަމުދާނެއެވެ. މާރިޗު 23ގައި ރިލީސްކުރި މި ސީރީސް އަދިވެސް އުޅެނީ ދިވެހިންގެ ޓޮޕް 10 ލިސްޓުގައެވެ. 10 އެޕިސޯޑު ހިމެނޭ މިސީރީސްގައި ދައްކުވައިދެނީ ވައިޓް ހައުސްގައި އިންނަ އެމަރޖެންސީ ލައިނަކަށް އަންނަ ފޯނު ކޯލެއް ނަގާ އެފް.ބީ.އައި އޭޖެންޓަކަށް ދިމާވާ ކަންތައްތަކެކެވެ. މިސީރީސް އަތުރާލާފައި ވަނީ ގޮނޑީގެ ކުރީގައި މުށްބާރުކޮށްލައިގެން ބަލާލެވޭހާ ޝައުގުވެރި ގޮތަކަށެވެ. އަދި މިއީ ފަހަކަށް އައިސް ނެޓްފްލިކްސް އަށް އައި އެންމެ ފެންވަރު ރަނގަޅު އެއް މަސައްކަތެވެ. މިސީރީސް އަށް ލިބުނު ކާމިޔާބާއެކު މިހާރު ވަނީ ދެވަނަ ސީޒަންއެއް ވެސް އެނައުންސް ކޮށްފައެވެ.

2. ބީފް

'އޭ 24' އަކީ އޮސްކާ ލިބިފައިވާ ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. އެގޮތުން 'އެވްރިތިންގ އެވްރީވެއަރ އޯލް އެޓް ވަންސް' ، 'ދަ ވޭލް' ފާހަގަކޮށްލެވެއެވެ. އަދި މިފަހަރުގެ ޕްރޮޑަކްޝަން އަކީވެސް ފަހަކަށް އައިސް ނުފެންނަ ކަހަލަ މޮޅު ސީރީސްއެކެވެ. 10 އެޕިސޯޑު ހިމެނޭ މިސީރީސް ރާވާލާފައި ވަނީ ނުދަންނަ ދެމީހުންގެ ދެމެދު މަގުމަތީގައި ހިނގާ ހާދިސާއަކާއި ގުޅިގެން ދެމީހުން އެކަކު އަނެކަކުގެ ކިބައިން ބަދަލުހިފުމަށް ކުރާ ކަންތައްތަކެއްގެ ސަބަބުން ދެމީހުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދާތަނެވެ. އެހެންކަމުން، މިސީރީސްގައި، ތްރިލް، ކްރައިމް، ކޮމެޑީ އަދި ޑްރާމާގެ ބައިތައް ވެސް ހިމެނެއެވެ. މިއީ އިންސާނުންގެ ހުންނަ ނުރަނގަޅު އާދަތަކާއި އުނިސިފަތައް ވަރަށް ރީއްޗަށް ގެނެސްދީފައިވާ ސީރީސްއެކެވެ. އަދި ލީޑު ރޯލް ކުޅެފައިވާ އޭޝިއަން ދެ އެކްޓަރުން ކަމުގައިވާ އަލީ ވޮންގާއި  ސްޓީވަން ޔަންގެ އެކްޓިންގ ވަރަށް ވެސް ސަޅިއެވެ.

3. ޗޯރް ނިކަލް ކޭ ބާގާ

ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިފިލްމު ކަމުދިއުން ވަރަށް އެކަށޭނައެވެ. ޔާމީ ގައުތަމް އާއި ސަނީ ކޯޝަލްގެ ފުރިހަމަ އެކްޓިންގ އެއް ފެނިގެންދާ މިފިލްމު ބިނާކޮށްފައި ވަނީ ޕްލޭން ހައިޖޭކެއްގެ މައްޗަށެވެ. އަދި ދެމީހުންގެ މާޒީ ދައްކަމުން ދާވަރަކަށް ފިލްމުގެ ޓްވިސްޓްތައް ގިނަވެ، ބެލުންތެރިންގެ ޝައުގު ހިފަހައްޓަން މަސައްކަތް ކޮށްފައިވެއެވެ. ފޫނުބެދޭ ދެތިން ކަމެއް ހުރިނަމަވެސް މިއީ އެއްފަހަރު ބަލާލަން ރަނގަޅު ފިލްމެކެވެ.

4. ހަންގަރ

ތައިލެންޑުގެ މިފިލްމަކީ ވަރަށް ފުރިހަމައަށް ފަށުމަކާއި ފުރަތަމަ ހާފެއް ހިމެނޭ ފިލްމެކެވެ. ކެއްކުމަށް ލޯބިކުރާ ފަރާތްތަކުން މިފިލްމު ބަލާލުން ވަރަށް ރަނގަޅެވެ. މިފިލްމު ބިނާކޮށްފައިވަނީ އާއިލާގެ އާދައިގެ ކެފޭއެއްގައި ކައްކާއަކަށް މަސައްކަތްކުރާ އަންހެން ކުއްޖަކަށް 'ޓީމް ހަންގަރ' ފަދަ މަޝްހޫރު އަދި މީހުން ޖެހިލުންވާ ޝެފެއް ގާތުގައި މަސައްކަތް ކުރަން ލިބުމުން ކަންތައްތައް ވެގެންދާގޮތެވެ. ކެމެރާ ވޯކްއާއި ޝޮޓްތަކަށް ބަލާލިއަސް މިއީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތެވެ. އެކަމަކު ހިތާމައަކީ ފިލްމު ކުރިއަށް ދާ ވަރަކަށް އަހަރެމެންގެ 'ހަންގަރ' ނުވަތަ ބަނޑުހައި ހޫނުކަމަށް ހައްލެއް ނުލިބޭތީއެވެ. ފިލްމު ނިންމާލަނީ އެއްވެސް ކަހަލަ ހައިޕެއް ނެތިއެވެ.

5.  މާޑަރ މިސްޓަރީ 2

މިފިލްމުގެ އެއްވަނަ ބައި ކަމުދިއަ ފަރާތްތަކަށް މިބައިވެސް ކަމުދިއުން އެކަށީގެންވެއެވެ. ނަމަވެސް ކުރީގެ ބަޔަށް ވުރެ މިފަހަރުގެ ފިލްމު ހަމަގައިމުވެސް ލޮނުމަޑެވެ. ކޮމެޑީ ކްރައިމް ތްރިލާއަކަށް ބިނާކޮށް ހަދާފައިވާ މިފިލްމުގެ ހަމައެކަނި ކަމުދިއައީ ޖެނިފާ އެނިސްޓަން އާއި އެޑަމް ސޭންޑްލަރގެ ކެމިސްޓްރީއެވެ. އޭގެ އިތުރުން ދެން މާ ކަމުދާކަމެއް ނެތެވެ. ފިލްމުގައި ސަސްޕެންސް ކުޑަވެފައި އޮއްޓަރެއް ނެތެވެ. އަދި ބަލާބެލުމަށް މިއީ ވަރަށް ކަންނެތް މަސައްކަތެކޭ ބުނެވިދާނެއެވެ.

ވީމާ، ސްކްރޯލްކުރުން ހުއްޓާލާފައި، މިލިޔުން ކިޔާލުމަށްފަހު ތިބޭފުޅުން އެންމެ ބަލާހިތްވާ ސީރީސް ނުވަތަ ފިލްމަކައިގެން އަވަހަށް ކުރިއަށް ދާންވީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Apr 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ވެރިކަމުގެ ނާރެސް: ރައީސް ނަޝީދު
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް ހައްދަވައިގެން އުޅުއްވުމަށްފަހު، އެމްޑީޕީއާ ވަކިވެ އެބޭފުޅުން އުފެއްދެވި ޕާޓީގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނިސްބަތުން ވަރަށް މަދު ބަޔަކު ތިބި މި ޖަލްސާގައި ރައީސް ނަޝީދު ވަނީ، ސަރުކާރަށާއި އެމްޑީޕީއަށްވެސް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
20 Apr 2024
ޚަބަރު
މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ނުކުތް ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުން އެމްއެންޑިއެފަށް ފޯރުކޮށްދީފައި ވަނީ މިރޭގެ 22:45 ހާއިރުގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ، ފަރިހި 2 ނަމަކަށް ކިޔާ އެދޯންޏަކީ ޑައިވިން ދޯންޏެއް ކަމަށާއި، އެދޯނީގައި އެދެމީހުން މަސްވެރިކަމަށް ނުކުމެފައި ވަނީ މ. ރަތްމަންދޫ ކައިރިއަށް ކަމަށެވެ. އަދި އެދޯނި ފުރާފައި ވަނީ މިރޭގެ 8 ޖަހާއިރު އަންނަ ގޮތަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
19 Apr 2024
ޚަބަރު
ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދާ އެޕާޓީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުރިޔަށް ގެންތިޔަ ރެލީ ނިންމާލުމަށް ފަހު އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
19 Apr 2024
ޚަބަރު
އެމްޑީޕީގެ މަޖިލިސް އިންތިޚާބު ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް ނިންމާލައިފި
މަގުމަތީގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު އެޕާޓީން ވަނީ މަގުމަތީގެ ރެލީއެއް ބާއްވާފައެވެ. މާފަންނު ސޯޝަލް ސެންޓަރުން ފަށައިގެން ހެންވޭރު އާޓިފިޝަލް ބީޗަށް ކުރިޔަށް ގެންދިޔަ މިރެލީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލާއި، އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި އާއްމުން ބައިވެރިވިއެވެ.