Advertisement

ނީނާ ފިލްމުގެ ޕޯސްޓަރެއް

07 Aug 2023
ލައިފްސްޓައިލް

އިންތިޒާރަށް ނިމުމެއް، މިއޮތީ ”ނީނާ“ ބަލާލުމުގެ ފުރުސަތު

ދިވެހި ފިލްމް "ނީނާ" އޮލިމްޕަހުގައި ރޭ ލޯންޗްކޮށްފިއެވެ. މިއީ ގިނަ އަދަދެއްގެ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމެކެވެ.

"ނީނާ" މި ފިލްމުގެ މަސައްކަތް އައި ފިލްމްސްއިން ފެށީ ކޯވިޑްގެ ކުރިންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، ސްކްރީނަށް ފިލްމް ގެނައުމަށް އިއުލާން ކުރި ހިސާބުން ބެލުންތެރިން ތިބީ ކެންމަދުވެފައެވެ.

ލޯބި އަދި އެކްޝަންވެސް ހިމެނޭ ފިލްމު "ނީނާ "ގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ. "އަންހެނުންނަކީ ފިސާރި ބާރުގަދަ ބައެއްކަން" މި ފިލްމުން އެނގޭނެކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.

"ނީނާ"ގެ ރޯލުން ފެނިގެންދާނީ ނުޒުޙަތު ޝުޢައިބެވެ. ފިރިހެން ލީޑް ރޯލުން ފެނިގެން ދާނީ ޝަރަފް ޢަބްދުﷲ އެވެ. ފިލްމުގައި ނުޒޫގެ މައިގަނޑު 3 ލުކެއް ފެނިގެންދެއެވެ.

ލީޑް ދެ ތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ބައެއް ފަންނާނުންގެ ތެރޭގައި މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.