Advertisement

28 Jul 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

އެމް.އޭ.ސީ.އެލް. ގެ ފުޅަނދުން ދައްކުވައިދިނީ ޓްރާންސްފޯމަރސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ވުމާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ޖުމްލަ 8 ފުޅަނދެއް ފެނުނު އިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް. ) ގެ ފުޅަނދުން ފެނުނީ ހޮލީވުޑްގެ މަޝްހޫރު ސީކުއެލް ފިލްމް، ޓްރާންސްފޯމަރސް އެވެ.

އެމް.އޭ.ސީ.އެލް.  އިން ފާހަގަކޮށްފައިވާ ގޮތުގައި މި ފުޅަނދު ތައްޔާރު ކުރުމަށް ތިން މަސް ހޭދަވެފައި ވެއެވެ. އަދި އެ ކުންފުނީގެ 200 މުވައްޒަފުން އެކި ގޮތްގޮތުން މި ފުޅަނދު ތައްޔާރު ކުރުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

އެމް.އޭ.ސީ.އެލް.  އިން ހާމަކޮށްފައިވާ ގޮތުގައި މި ފްލޯޓުން ދައްކުވައިދެނީ އެކުވެރިކަމާއި އެއްބައެއްވަންތަ ކަމެވެ. އަދި މި ފުޅަނދުގައި އެ ކުންފުނީގެ އެކި ސެކްޝަންތަކުގައި މަސައްކަތްކުރާ އެތައް ސަތޭކަ މުވައްޒަފުންނެއް ހަރަކާތްތެރިވެފައި ވެއެވެ.

ޓްރާންސްފޯމަރސްއަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މަޝްހޫރު ކެރެކްޓަރތަކެއް ފެނިގެންދާ ފިލްމެކެވެ. ޓްރާންސްފޯމަރސްގެ އެންމެ ފަހުގެ ސީރީސް ރިލީޒް ކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ. އެއީ "ރައިޒް އޮފް ދަ ބީސްޓްސް" އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.