Advertisement

02 Aug 2023
ލައިފްސްޓައިލް
އަޙްމަދު މަސީޙު

މަތީ ސާނަވީ ނިމި، ކުރިއަށް ދާންވީ ދާއިރާ ނޭގިފައި ތިބި ޒުވާނުން ގިނަ

މަތީ ސާނަވީ ނިމޭ އިރު ކުރިއަށް ދާންވީ ދާއިރާ ޙިޔާރު ނުކުރެވޭ އެތައް ދަރިވަރުންނެއް ރާއްޖޭގައި އެބަ ތިއްބެވެ. ގިނަ ކުދިން ބޮޑު ވަނީ މުސްތަޤްބަލަށް މާ ބޮޑު އުންމީދުތަކެއް ނުކޮށެވެ. އެއީ ބޮޑުވަމުން އަންނަ މާޙައުލުން އެކަމުގެ މުހިންމުކަން އެ ކުދިންނަށް ވިސްނާ ނުދެވޭތީއެވެ. އުމުރުން 20 އަހަރުން މައްޗަށް ގޮސް، ނަމަވެސް ކުރިއަށް ދާންވީ ދާއިރާ ނޭގިފައި ތިބި ޒުވާނުން ބައިވަރު އެބަ ތިއްބެވެ. އެހެންނަމަވެސް އެއީ ފުރުޞަތު ނެތިގެނެއް ނޫނެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ހާސިލު ކުރެވޭނެ ބައިވަރު ގޮތްތައް ފަހިވެފައި އެބަ އޮތެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މިއީ ޖީބަށް އެންމެ ލުއި އަދި އެންމެ ގިނަ މަތީ ތަޢުލީމުގެ ރޮނގުތަކުން ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތު އޮތް ޔުނިވާސިޓީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ހިނގާ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓާރ ފަށަން ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު 25 ޖުލައި 2023 ވަނީ ބަންދުކޮށްލެވިފައެވެ.

ޖުމްލަ 96 ކޯހެއް ހިމެނޭހެން މި އަހަރުގެ މޭ މަހު ހުޅުވާލެވުނު ކޯސްތަކުން މި އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ކޯސްތަކުގެ ލިސްޓެއް އިއްޔެ އެމް.އެން.ޔޫގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި 44 ކޯހެއް އެމް.އެން.ޔޫގެ ރަށްރަށުގެ ފެކަލްޓީތައް ހިމެނޭހެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި 70އަށް ވުރެ ގިނަ ކޯސް ކުދިން ހަމަނުވުމުގެ ސަބަބުން ކުރިއަށް ގެންދިއުމާމެދު ވަކި ގޮތެއް ނުނިންމިވެއެވެ.

ބެޗެލާޒް އޮފް ސޯޝަލް ވޯކް

ސޯޝަލް ވޯކަރުންނަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ބައެކެވެ. އެގޮތުން ކުޑަކުދިންނާއި، ނުކުޅެދޭ ފަރާތްތަކާއި، ނިކަމެތިންނާއި، އެޑިކްޝަންގެ ވަބާގައި ޖެހިފައި ތިބި ފަރާތްތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް އަދި މީގެ އިތުރުން އާއިލީ މައްސަލަތަކުގައި ވެސް ސޯޝަލް ވޯކަރުންގެ ދައުރު ވަރަށް ބޮޑެވެ. މި ފަރާތްތަކުގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބިދޭތޯ ކަށަވަރުކުރުމަކީ ސޯޝަލް ވޯކަރުންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް މިއަދު ސޯޝަލް ވޯކަރުންގެ ބޭނުން ވަރަށް ބޮޑެވެ.

ޑިޕްލޮމާ އިން މިޑްވައިފަރީ

މިއީ ސިއްޙީ ދާއިރާގައި މުހިންމު ބައެއް އަދާކުރާ ބައެކެވެ. ޙާއްޞަގޮތެއްގައި މާބަނޑު މީހުންނާއި ވިހައިގެން އުޅޭ މީހުންގެ މެދުގައި ފޯރުކޮށްދެވޭ ސިއްޙީ އެހީތަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.