Advertisement

ސްޓެލްކޯ އިމާރާތް

20 Apr 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

އީދު ދުވަހުގެ ސުފްރާމަތިން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު

މި އަހަރުގެ ފިތުރު ޢީދު ދުވަހާ ދިމާކޮށް 'ސްޓެލްކޯ ޢީދު މަލާފަތް ޕްރޮމޯޝަން' ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން އިއުލާންކޮށްފިއެވެ

މި ޕްރޮމޯޝަންގައި 1 ވަނަ, 2 ވަނަ އަދި 3 ވަނަ ހޮވުމަށް ނިންމާފައިވާއިރު, 1 ވަނަ އިނާމަށް ކަނޑައަޅާފައިވަނީ 5,000ރ. އެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި 2 ވަނަ އިނާމަށް 3,000ރ. އަދި 3 ވަނަ އިނާމަށް 2,000ރ. ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ, އީދު ދުވަހުގެ ސުފްރާމަތީގެ ފޮޓޮއެއް ފޭސްބުކްގައި ޕޯސްޓްކޮށްލުމެވެ. ފޮޓޯ ޕޯސްޓްކުރާއިރު ފޮޓޯގެ ޕްރައިވަސީ ސެޓިންގެ 'ޕަބްލިކް' ގައި ބޭންދުމަށާއި, #stelcoeidmalaafaiy ހޭޝްޓެގް ބޭނުންކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތުތައް ފުރިހަމަވީއެވެ. ފޮޓޯ ޕޯސްޓް ކުރުމުގެ ސުންގަޑިއަކީ 1444 ވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ރޭގަނޑު 11:59 އެކެވެ.

މި ޕްރޮމޯޝަނާއި ގުޅިގެން ސްޓެލްކޯއިން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި, ވަނަ ހޮވުމުގައި ބަލާނީ, އެންމެ ގިނަ 'ލައިކް' އަދި އެންމެ ގިނަ މީހުން 'ޝެއަރ' ކޮށްފައިވާ ފޮޓޯތަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.