އެޗް.ޑީ.ސީ
08 Mar 2024
ޚަބަރު
ރަމަޟާން މަހަށް ހުޅުމާލެ ފޭސް 2ގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހަށް ހާއްސަކޮށްގެން ހިޔާ ފްލެޓްތަކުގެ ކައިރީގައި، ވަގުތީ ކުޑަ މިސްކިތެއް ހަދާފައި ވަނީ، ހިޔާ ސަރަހައްދުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުންނެވެ.
25 Feb 2024
ކުޅިވަރު
ހުޅުމާލޭގައި ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ބިން ހަވާލުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅިގެން ދާއިރު، މިއީ މި ކުޅިވަރުތަކުން ކުޅުންތެރިން އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. ޙާއްސަކޮށް ރާއްޖޭގައި ފުޓުސަލްގެ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނައިރު، މި ކޮމްޕްލެކްސްގެ ސަބަބުން މިފަދަ މުބާރާތްތައް ހިންގުމަށާއި ކުޅިބެލުންތެރިންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ.
23 Jan 2024
ޚަބަރު
ދިހަ އަހަރު ފަހުން، ހުޅުމާލޭ ވަގުތީ މިސްކިތުގެ ބަދަލުގައި ދާއިމީ މިސްކިތެއް އަޅަނީ
އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތުގެ ބަދަލުގައި އެބިމުގައި ދާއިމީ މިސްކިތެއް އެޅުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ، އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެމިސްކިތް އަޅާނީ، އެކުންފުނިން އަޅާ ސްކޫލު މަޝްރޫޢުގެ ތެރެއިން ސްކޫލާއި ގުޅިގެންދާ ގޮތަށެވެ.
18 Jan 2024
ޚަބަރު
ނަން ބަދަލުކުރީ ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމުގައި އެޗްޑީސީން ބުނެފި
އެޗްޑީސީން ބުނީ، މި ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަމަށާއި، ޤާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީގެ ނަން ކަމަށެވެ.