Advertisement

ހުޅުމާލެ ފޭސް 2ގައި އެޅި ވަގުތީ މިސްކިތް ---

08 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރަމަޟާން މަހަށް ހުޅުމާލެ ފޭސް 2ގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގައި އެޅި ކުޑަ ވަގުތީ މިސްކިތް އިއްޔެ ހުޅުވައިފިއެވެ.

އެއްފަހަރާ 100 ވަރަކަށް މީހުންނަށް ނަމާދުކުރެވޭ ގޮތަށް އަޅާފައިވާ މި ވަގުތީ މިސްކިތް ހުޅުވާފައި ވަނީ އިއްޔެގެ ޢަސުރު ނަމާދު ވަގުތަށެވެ. އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ މި މިސްކިތް ހުރީ އޭސީކޮށްފައެވެ. މީގެ އިތުރުން މިސްކިތުގައި ވުޟޫކުރުމަށް ޚާއްޞަ އިސްކުރުބަރިއެއްވެސް ވަނީ ހަދާފައެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހަށް ހާއްސަކޮށްގެން ހިޔާ ފްލެޓްތަކުގެ ކައިރީގައި، ވަގުތީ ކުޑަ މިސްކިތެއް ހަދާފައި ވަނީ، ހިޔާ ސަރަހައްދުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުންނެވެ. 

އިއްޔެ ހުޅުވި މި ވަގުތީ މިސްކިތަށް ދީފައިވަނީ، "މަސްޖިދުލްޝާކިރީން" މިނަމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.