ރައީސުލްޖުމްހޫރިއްޔާގެ ތ. އަތޮޅު ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ތ. އަތޮޅު ދަތުރުފުޅު
07 Feb 2024
ޚަބަރު
ކޮޅުމަޑުލުގައި މަދުވެގެން ތިން އެއާޕޯޓު އޮންނަން ޖެހޭނެމަކަށް ޤަބޫލު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮތް އެއަރޕޯޓުގެ އިތުރަށް، ގުރައިދޫގަޔާއި ވިލުފުށީގައި އެއާޕޯޓު އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި ވާކަމަށެވެ. އެހެންވީމާ، އެ ތިން އެއަރޕޯޓް އެޅިގެންދިޔުމުން، ދާއިރާއަށާއި، ކައިރީގައި އޮންނަ ރަށްތަކަށް އޭގެ ފައިދާތައް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
07 Feb 2024
ޚަބަރު
ވިލުފުށީ އެއާޕޯޓުގެ މަޝްރޫޢު ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ބައްދަލުކުރެއްވުމުގައި ވިލުފުށި ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ހޮސްޕިޓަލުގެ މަޝްރޫޢު ފެށުމާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިއުން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.