Advertisement

ރައީސުލްޖުމްހޫރިއްޔާ، ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެންނެވުން --

08 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މިދައުރުގެ ތެރޭގައި ތ. އަތޮޅުގައި ގިނަ ރިޒޯޓުތަކެއް ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިދައުރުގެ ތެރޭގައި، ތ އަތޮޅުގައި ގިނަ ރިޒޯޓުތަކެއް ހުޅުވައި ރައްޔިތުންނަށް އެރިޒޯޓުތަކުން ވަޒީފާ އާއި އެހެނިހެން މަންފާ ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސްގެ ޖަވާބުގެ ނަމުގައި، ސަރުކާރުން ކޮންމެ ދުވަހަކު އާއްމު ކުރަމުންދާ ކުރު ވީޑިއޯ ސިލްސިލާގެ ތެރެއިން، ކޮޅުމަޑުލު ވޭމަންޑޫގެ ޒުވާނަކަށް، ރައީސަށް ސުވާލު ހުށައެޅުމަށް ދިން ފުރުޞަތުގައި އޭނާ ހުށައެޅުއްވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން އެފުރުޞަތު އެފުރުޞަތު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ތ އަތޮޅުގައި މިހާރު އޮތީ އެންމެ ރިޒޯޓެއް ކަމަށާއި، މިދައުރުގެ ތެރޭގައި ތ. އަތޮޅުގައި ވަރަށް ގިނަ ރިޒޯޓުތަކެއް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. މިގޮތުން ކުރައްވާނެ އެއްކަމަކީ އެއާޕޯޓު އިތުރުކުރެއްވުން ކަމަށާއި، ގުރައިދޫ އާއި ވިލުފުށީގައި އެއާޕޯޓު އަޅުއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެއާއެކު ތިން އެއާޕޯޓުން ތ އަތޮޅުގެ ދަތުރު ފަތުރު އިތުރުވެގެންދާނެ ކަމުގަައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އިޤުތިޞާދަށް ގެންނަން މަސައްކަތްކުރައްވަމުން ގެންދަވާ ކުރިއެރުމުގެ ސަބަބުން، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެން ދާނެ ކަމަށާއި، އަދި އޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގެނެވޭ ތަރައްޤީއާއެކު ފަތުރުވެރިން ރާއްޖެއަންނަ މިންވަރު އިތުރުވެގެން ދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަތޮޅަށް، ވަރަށް ޔަޤީން މިއަހަރުވެސް ފެށޭވަރުވާނެ، އަދި މިފަސް އަހަރު ތެރޭގައި ބަހާލައިގެން ގިނަ ރިޒޯޓުތަކެއް، މުޅި އަތޮޅުގެ އެކި ހިސާބަށް، އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސްދޭނަން"

ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ 13 ރަށުގައި 17000 ވުރެ ބޮޑު އާބާދީއެއް އޮތް އިރު ކޮޅުމަޑުލުގައި މިވަގުތު ހިންގަމުން އަންނަނީ އެންމެ ރިޒޯޓެކެވެ. އެއީ ކޮމޯ މާލިފުށި ރިޒޯޓެވެ. ތ.އަތޮުޅު ކަޅު ފަހަލަފުށީގައި، ރިޒޯޓެއް ފުރަތަމަ ދޫކުރިތާ 21 އަހަރު ވީއިރު އެރަށް ތަރައްޤީ ކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން ރިޒޯޓު ހެދުމަށް ދޫކޮށްފައިވާ ތ. އޮޅުގިރި އާއި، ތ. އެލާގެ މަސައްކަތްވެސް އެތައް އަހަރެއްވީ އިރުވެސް ކުރިޔަކަށް ނުދެއެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި، ތ އަތޮޅުގައި ރިޒޯޓު ހެދުމަށް، ދޫކުރި ތ. ކަޅުދިޔަފުށީގައި ވެސް ރިޒޯޓު ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ވަކި ހިސާބަކަށް ކުރިޔަށް ގެންދިޔުމަށްފަހުގައި މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.