Advertisement

ރައީސުލްޖުމްހޫރިއްޔާ ވިލުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުން --

07 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ވިލުފުށީ އެއާޕޯޓުގެ މަޝްރޫޢު ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ކޮޅުމަޑުލު ވިލުފުށީގައި ފެށި އެއާޕޯޓު މަޝްރޫޢު މިސަރުކާރުން ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު މިހާރު ކޮުޅުމަޑުލުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮޅުމަޑުލު ދިޔަމިގިލީގައި، ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުން އޮތީ، ދިޔަމިގިލީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށި ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ހޮސްޕިޓަލުގެ މަޝްރޫޢު ފެށުމާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިއުން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިލުފުށީ ހޮސްޕިޓަލާއި، ވިލުފުށީގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ކައުންސިލަށް ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވިލުފުށީގެ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރެއްވިއެވެ. އެގޮތުން މަސްވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސުނާމީގެ ސަބަބުން ގެދޮރުގެ ދަތިކަން ކުރިމަތިވި ޢާއިލާތަކަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި އެއްބަސްވެވޭ ގޮތެއްގެ މަތިން ހައްލެއް ހޯދުމަށް ބޭނުންފުޅުވާކަމުގައި ވިލުފުށި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ބަނދަރު ފުޅާކުރުމުގެ މަސައްކަތް ކުރަންބޭންވާ ކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ހަދަމުންދާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި، އެތަންތަން ނިމުމުގެ ކުރިން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތެވެ.

ވިލުފުށީ އެއާޕޯޓުގެ މަސައްކަތް މިސަރުކާރު ފެށުނު ފަހުން އޮތީ ހުއްޓާލާފައެވެ. އެ މަޝްރޫޢުގެ ދަށުން އޭރު ކުރެވިފައި އޮތީ ބިންހިއްކާ ސަރަހައްދުގެ ބަންޑް ވޯލް ޖެހުމުގެ މަސައްކަތެވެ. އެހެން ނަމަވެސް މަަސައްކަތް ހުއްޓާލުމުގެ ސަބަބުން ބަނޑު ވޯލް ޖެހުމަށް އެޅި ވެލިތައް މިހާރު ވަނީ ގިރާލައިގެން ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.