Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

07 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ކޮޅުމަޑުލުގައި މަދުވެގެން ތިން އެއާޕޯޓު އޮންނަން ޖެހޭނެމަކަށް ޤަބޫލު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކޮޅުމަޑުލުގައި މަދުވެގެން ތިން އެއާޕޯޓު އޮންނަން ޖެހޭނެމަކަށް ޤަބޫލު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އިއްޔެ އެއަތޮޅު މަޑިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮތް އެއަރޕޯޓުގެ އިތުރަށް، ގުރައިދޫގަޔާއި ވިލުފުށީގައި އެއާޕޯޓު އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި ވާކަމަށެވެ. އެހެންވީމާ، އެ ތިން އެއަރޕޯޓް އެޅިގެންދިޔުމުން، ދާއިރާއަށާއި، ކައިރީގައި އޮންނަ ރަށްތަކަށް އޭގެ ފައިދާތައް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެ ތިން އެއަރޕޯޓުގެ އިތުރަށް، ދެން މި ދެންނެވި ގޮތަށް، ރިޒޯޓުތައް އިތުރުކުރެވިގެން ދިޔައިމަ، އިރާދަކުރެއްވިއްޔާ އާމްދަނީ އިތުރުކުރެވި، ވަޒީފާ އިތުރުކުރެވި، ދެން މި ދެންނެވި ގޮތަށް ކައުންސިލުގެ ތެރެއަށް، އިޙްތިޞާޞް ތެރެއަށް ރަށްރަށް ލެވޭގޮތްވީމަ، ރަށުގެ ވިޔަފާރިވެރިންނާއި، އަމިއްލަ ފަރުދުންނާ ގުޅިގެން ކައުންސިލްތަކަށް ވިޔަފާރިތައް ކުރެވޭގޮތްވީމަ"

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮޅުމަޑުލުގައި މަދުވެގެން 3 އެއާޕޯޓް އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އިރު، މިހާރުވެސް ކޮޅުމަޑުލު ތިމަރަފުށީގައި އެއާޕޯޓެއް އޮވެއެވެ. އެހެން ނަމަވެސް ޑިމާންޑް ނެތުމާއިއެކު އެއާޕޯޓަށް މޯލްޑިވިއަނުން ކުރަމުން އަންނަނީ ހަފްތާއަކު ދެ ދަތުރެވެ.

ކޮޅުމަޑުލުގައި ތިން އެއާޕޯޓު އެޅުމުގެ މުހިއްމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އިރު، ކޮޅުމަޑުލުގެ އިދާރީ ދާއިރާތަކުގެ ތެރެއިން ކިނބިދޫ ދާއިރާ ހިމެނޭ،  ހިރިލަންދޫ އާއި ވަންދޫ އަދި ކަނޑޫދޫއިން 30 މިނިޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް ނެތެވެ. ކޮޅުމަޑުލަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ތިންވަނައަށް އެންމެ ބޮޑު އަތޮޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.