Advertisement

ރައީސުލްޖުމްހޫރިއްުޔާ. ތ އަތޮޅުގެ ރަށްރަށަށް ކުރެއްވިދަތުރުފުޅުގެ ތެރެއިން --

08 Feb 2024
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޢަލީ ސުލައިމާން

ކޮޅުމަޑުލު ދަތުރުފުޅުގައި 3 ރަށެއް ފިޔަަވައި އެހެން ހުރިހާ ރަށަކަށް ރައީސް ވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލުގެ ތިން ރަށެއް ފިޔަވައި އެހެން ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު އެމަނިކުފާނުގެ ދަތުރުފުޅުގައި ވަޑައިނުގެންނެވީ، ކޮޅުމަޑުލުގެ އެންމެ އާބާދީ ބޮޑު ދެރަށްކަމުގައިވާ ކޮޅުމަޑުލު ތިމަރަފުއްޓާއި ވިލުފުށީގެ އިތުރުން ހިރިލަންދޫއަށެވެ. އެތިން ރަށަކީ، ކޮޅުމަޑުލުގެ ރަށްރަށުގެ ތެރެއިން އިިދިކޮޅު ޕާޓީ އެމްޑީޕީއަށް އެންމެ ބޮޑު ތާއީދެއް އޮންނަ ތިންރަށެވެ. އެތިން ރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގެންނެވި ނަމަވެސް ކައިރި އެހެން ރަށްރަށަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން އެރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި ބައްދަުލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގެންނެވީ، ކޮޅުމަޑުލުގެ ރަށްތަކުގެ ތެރެއިން، ގުރައިދޫ، ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށެވެ.

އެރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރާއްޖޭގެ އިޤުތިޞާދު އޮތް ނާޒުކު ޙާލަތު ބަޔާންކޮށްދެއްވިއެވެ. އެހެން ނަމަވެސް ރަށްރަށުގެ ތަރައްޤީއަށާއި އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ކުރެއްވުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަންކަން ކުރައްވާނޭ ކަމުގައި ވިދާޅުވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.