Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ގާދިއްފުށީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން --

09 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގުރައިދޫ އެއާޕޯޓުގެ މަސައްކަތާއިއެކު ގާދިއްފުށީ ބިންހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ކޮޅުމަޑުލު ގުރައިދޫގައި އެޅުމަށް ވަޢުދުވެވަޑައިގެންނެވި އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ގާދިފުއްށީ ބިންހިއްކައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ގާދިއްފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފުަރަަތަމަ ކަމެއްގެ ގޮތުގައި، ގާދިއްފުށީ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ގާދިއްފުށީ ސްކޫލަކީ، ރާއްޖޭގެ އާބާދީ މަދު ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، ވިދާޅުވީ، ގާދިއްފުށީގެ ބިންހިއްކުމުގެ މަސައްކަތް، ގުރައިދޫ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދަވާނެ ކަމަށެވެ.

"ދެން އެންމެ މުހިންމު އެއް ކަމަކީ، ބިމުގެ ދަތިކަން. އަޅުގަނޑު ވީ ވަޢުދެއް އެއީ، ބިމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ބިން ހިއްކާ ވާހަކަ. އެއަރޕޯޓުގެ މަސައްކަތް، ގުރައިދޫގެ މަސައްކަތް، އެއަރޕޯޓާ އެކީގައި އެ މަޝްރޫޢު ހިނގަމުންދާއިރުގައި، ބިން ހިއްކުމުގެ މަޝްރޫޢެއްވެސް މި ރަށަށް އެއާ ގުޅުވައިލައިގެން ކުރިއަށް ގެންދާގޮތަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކޮޅުމަޑުލު ގާދިއްފުށީގެ ބިންހިއްކުމުގެ މަސައްކަތަކީވެސް މިއަހަރުގެ ބަޖެޓުގައި ނެތް މަޝްރޫޢެކެވެ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމެނިފައި ނުވި ނަމަވެސް އެމަސައްކަތްވެސް މިއަހަރު ކުރިޔަށް ގެންދަވާނެ ކަމުގައިި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އާބާދީގައި 266 މީހުން ދިރިއުޅޭ ކޮޅުމަޑުލު ގާދިއްފުއްޓަކީ، 13.4 ހެކްޓަރުގެ ކުޑަ ރަށެކެވެ. ތ. އަތޮޅުގެ ރަށްރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށަކީ، ގާދިއްފުއްޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.