Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފޮތް -- ފޮޓޯ: ސޯޝަލް މީޑިއާ

07 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ ވަޢުދު ފޮތް އާއްމުކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތަކާއި ދެއްކެވި ވާހަކަފުޅުތައް ހިމަނައިގެން އެކުލަވާލާފައިވާ ވަޢުދުފޮތް އާއްމުކޮށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ކޮޅުމަޑުލަށް ވަޑައިގެން އެއަތޮޅުގެ ވެރިކަންކުރާ ރަށް، ވޭމަންޑޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެފޮތް މިހާރު ޗާޕްކޮށްގެން މާލެ ގެނެސްފައިވާ ކަމަށާއި، އަދި ރަށުކައުންސިލްތަކާއި ސްކޫލުތަކަށް އެފޮތުގެ ހާޑުކޮޕީތައް ފޮނުއްވާނެ ކަމަށެވެ. އަދި ޑިޖިޓަލް ކޮޕީ އޮންލައިކޮށް އެންމެނަށް ކިޔާލެވޭނެ ގޮތަށް ޝާއިޢު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"އެއިން ފެންނަން އޮންނާނެ އަޅުގަނޑު ދެއްކި ވާހަކަތައް. އެހެންވީމާ، އެހާވެސް ސާފުކޮށް ފެންނަގޮތަށް މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި މިއޮތީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،  ކެމްޕެއިން ޖަލްސާތަކުގައި ދެއްކި ވާހަކަތަކާއި ވަޢުދުތައް ހިމެނޭ ފޮތެއް ތައްޔާރުކުރެއްވީ، އެކަންކަން ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ދެފުށް ފެންނާނެ ގޮތަށް ހާމަކޮށް ރައްޔިތުންނަށް އަބަދުވެސް ހަނދާންވާގޮތް ހެދުމަށްޓަކައި ކަމަށެވެ. އަދި މިހާތަނަށް އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ވަޢުދެއް، ފުރިހަމަ ކުރުމަކީ، އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވަޢުދެއް ވެއްޖިއްޔާ އެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ ވާޖިބެއް. ބަހާއި ޢަމަލާ ދިމާވާންޖެހޭނެ. ދުލުން ބޭރުކުރާ ކޮންމެ ބަހަކީ، އެ ބަސް ދުލުން ބޭރުވުމަށްފަހު، އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާވާނެ ބަހެއް. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވަޢުދުތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ ތެރެއިން، ހަފްތާ 14ގައި ފުއްދުމަށް އަމާޒު ހިފާފައިވާ ވަޢުދުތަކުގެ %50 މިހާރު ފުރިހަމައަށް ފުއްދިފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު ވެވަޑައިގެންނެވި މައިގަނޑު ދެ ވަޢުދުގެ ތެރެއިން އެއްވަޢުދަކީ، ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. އެހެން ނަމަވެސް ވެރިކަމުގެ ދެ މަސް ދުވަސް ފާއިތުވެ ދިޔައިރު ރައީސް ޔާމީނު މިނިވަންވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކުން އަންނަނީ ފާޅު ކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެއްވުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދެވި ނަމަވެސް އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު، އިންޑިއާ ސިފައިން މިހާރު ތިބި މަޤާމުތަކުގައި، އިންޑިއާގެ ސިފައިން ކަމުގައި ނުހިމެނޭ އިންޑިއާގެ އާއްމު މީހުން ބޭތިއްބުމަށް ސަރުކާރުން އިންޑިއާއާއެކު އެއްބަސްވެފައިވާ ކަމުގެ ވާހަކަތައް ފެތުރޭއިރު، އެކަން އެހެން އޮތްނަމަ އެއީ ވަޢުދު ފުއްދުކަމުގައި ނުވާނެ ކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ދަނީ އެކަން ފާހަގަކުރަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވަޢުދުތައް ހިމަނައި އެކުލަވާލި ފޮތް އިފްތިތާޙްކުރީ 2023 ނޮވެމްބަރު 15 ވަނަ ދުވަހު، ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.