ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އާއި އަނބިކަނބަލުން މާލެ ވަޑައިގެންނެވީ، އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، އެޤައުމުގެ ރައީސް ދުރޫޕަތީ މުރްމޫގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.