މާލޭ ސިޓީކައުންސިލްގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ އަޅަން ވައުދުވި ގާޑަން ޕްލާޒާއަށްވީ ކިހިނެއް؟
އާމްދަނީ ހޯދޭނެ ގޮތެއް ނެތް 45،000 ޒުވާނުން ތިބިކަން އެނގިވަޑައިގަންނަވާ ކަމުގައިވެސް، ކެމްޕޭން މެސެޖުގައި ޑރ މުޢިއްޒު ވިދާޅުވެއެވެ. އެހެން ނަމަވެސް އެ 45،000 ޒުވާނުންގެ ތެރެއިން އެންމެ ޒުވާނަކަށްވެސް އަމިއްލަ ފައިމައްޗަށް ތެދު މަސައްކަތެއް ކޮށްގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި އެމަނިކުފާނު ވޭތުކުރަމުން މިދާ 3 އަހަރުގެ ތެރޭގައި ހޯދައިދެވުނު ހެއްޔެވެ؟