Advertisement

ބަޖެޓް ފޮތް ---

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ވެހިކަލުން ތޮއްޖެހިފައިވާ މާލޭގެ ޕާކިންގ މައްސަލަ ހައްލު ކުރުމަށް ބަޖެޓުގައި ހިމަނާފައި ވަނީ 2 ލައްކަ ރުފިޔާ

ވެހިކަލުން ތޮއްޖެހިފައިވާ މާލޭގެ ޕާކިންގ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 2 ލައްކަ ރުފިޔާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށްދާ، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި މުއިއްޒު ވިދާޅުވީ، މާލޭގެ ޕާކިން މައްސަލައަކީ އިންތިހާއަށް ބޮޑު މައްސަލައަކަށް ވެފައި ވާއިރު، މާލޭގެ ޕާކިންގ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެންމެ 2 ލައްކަ ރުފިޔާ ހިމަނާފައި ވުމަކީ ބޮޑު ޖޯކެއް ކަމަށެވެ. މިގޮތުން މާލޭގެ އެންމެ ބޮޑު އެއް މައްސަލަ، އެންމެ 2 ލައްކަ ރުފިޔާއިން ހައްލު ކުރަނީ ކިހިނެއްތޯވެސް މުޢިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

"މިވަރަށް ފިތި، ޕާކިންގ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތް މާލޭގައި، އާސަރުކާރުގެ ބަޖެޓުގައި ޕާކިންގ މައްސަލަ ހައްލުކުރުމަށް، ޖަހާފައި އޮތީ އެންމެ ދެލައްކަ ސޯޅަހާސް ރުފިޔާ. އަޅުގަނޑަކަށް ނޭގެ ދެލައްކަ ސޯޅަހާސް ރުފިޔާއިން މާލޭގެ ޕާކިންގެ މައްސަލަ ހައްލުވާނެ ފޯމިއުލާއެއް ދަންނަވާކަށް. އެނގޭ ކަމަކީ މިއީ ބޮޑު ޖޯކެއްކަން." 

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު --

މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ފޮތޮފޮތިކޮށް ގޮޅިޖަހައި އެގޮޅިތައް ވަނީ، އެޑްވާންސްކޮށް ފައިސާ ނަގައި ކުއްޔަށް ދީފައި ކަމަށެވެ. މީގެ އިތުރުން މާލޭގެ ޕާކިންގެ މައްސަލަ އޮތް ހިސާބުގެ މައްޗަށް އަލިއަޅުއްވާލައްވައި މުއިއްޒު ވިދާޅުވީ، މާލޭގެ ގޭގެއިން މީހުން ވަދެނުކުތުމަށް މަގުމަތީގައި އުޅެން ޖެހެނީ ޕެލެޓްބާއްވައިގެން ކަމަށާއި، އެމްބިއުލާންސް ފަދަ އުޅަނދުތަކުގައި ބަލި މީހުން އުފުލުމަށްވެސް ދަތިތައް ކުރިމަތިވެފައި އޮތް ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ޑަބަލް ޕާކު ކުރާ ހިސާބަށް މާލެ ތޮއްޖެހިއްޖެކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް އަމާޒެއް ހިފާފައި ނުވާކަން ފާހަގަވެގެންދާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.