ކީއްވެ އިބޫ؟
14 Jul 2023
ކީއްވެ އިބޫ؟
ދުނިޔޭގެ އިޤްތިޞާދު ހުއްޓިފައި އޮތަސް ރާއްޖޭގެ މަޝްރޫއުތައް ކުރިޔަށް ދިޔަ: މެންބަރު ޢީސަ
މިދިޔަ ސަތޭކަ ވަރަކަށް އަހަރު ތެރޭގައި ދުނިޔެއަށް އައި އެންމެ ބޮޑު ލޮޅުން ކަމުގައިވާ، ކޮވިޑް-19 ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ، ޤައުމުތަކުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ދުނިޔޭގެ އާބާދި ފުރާނައިގެ ބިރުވެރިކަމެއްގެ ތެރޭގައި އޮވެ، ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައި އޮތް ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިވިއެވެ. މުޅި ދުނިޔެއާއި އަދި ރާއްޖޭގެ ހާލަތު ވެސް މިފަދަ ފައްތަރެއްގައި އޮތް ނާޒުކު ވަގުތުގައި ވެސް، ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ އަދި އިޤްތިޞާދަށް ލޮޅުމެއް އެރިޔަ ނުދީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މެދުނުކެނޑި ހިންގެވީ، ރައީސުލް ޖުމްހޫރިއްޔާއަކީ ހަރުދަނާ ލީޑަރެއް ކަމުގައި ވާތީކަމަށް، ކެނދިކޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.