ފިނިފެންމާ ލޯންޗު ހާދިސާއަކީ ޑްރާމާއެއް ކަމަށް ޢަބްދުއްރަހީމްވެސް ތުހުމަތު ކުރައްވައިފި
ސަންގުޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ޢަބުދުއްރަހީމް ވިދާޅުވީ، އަބްދުއްރަހީމް ވަނީ އެހާދިސާ އާއި ގުޅުވައިގެން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކާއި މެދުވެސް ސުވާލު އުފައްދަވާފައެވެ. ޢަބްދުއްރަހީމް ވިދާޅުވީ، ލޯންޗު ގޮއްވާލީމާ ރައީސް ޔާމީނަށް ބޭރަށް ނުކުމެވުނީމަ ބޮޑު ފާލަމާ ދިމާޔަށް ބަލާލިއިރު އެތަނުގައި ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުއްޓައި ފެނުނު ކަމަށާއި، ލޯންޗު ގޮއްވާލި މީހަކީ އެއީކަން ވަގުތުން އެނގުނު ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.