Advertisement

ޕީއެންއެފްއަށް ރައީސް ޔާމީން ސޮއެކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީއެންއެފް

27 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީން 3000 މީހުންގެ ސޮއެހަމަކޮށް އީސީއަށް ހުށައަޅައިފި

ރައީސް ޔާމީން އަލަށް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ، ޕީއެންއެފް އިން އެޕާޓި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއެ ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅައިފިއެވެ.

އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ޕީއެންއެފް ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފަފައި ކަމަށާއި، މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްޙަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕީ.އެން.އެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޒެއިން އަބްދުﷲ ޔާމީން އަށް ދެއްވާނޭ ކަމަށެވެ. 

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، އިލެކްޝަންސް ކޮމިޝަނުން، ޒެއިން އަބްދުﷲ ޔާމީންއަށް ހުއްދަ ދެއްވާފައި ވަނީ، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ޕީއެންއެފްއިން ވަނީ، 3060 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ރިޔާސީ އިންތިޚާބަށް ފަހުގައި، އެމަނިކުފާނަށް، ޕީޕީއެމް އަދި ޕީއެންސީގެ ކޮންޓްރޯލް ގެއްލުމާއި ގުޅިގެންނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ތާއީދުކުރައްވައިގެން ބައެއް ކެންޑިޑޭޓުން ނުކުމެފައި ވާއިރު، ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައިވާތީ، އެކެންޑިޑޭޓުން ނުކުންނަނީ އަމިއްލަ ގޮތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.