ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
13 Sep 2023
ރިޕޯޓް
މިއީ އަސްލު އެމްޑީޕީގެ ވެރިކަމެއް ހޯދަން ލިބޭނެ ހަމައެކަނި ފުރުޞަތު
ކޯލިޝަނަކުން ސަރުކާރު ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ އެމްޑީޕީގެ އެކަނިވެރިކަމެއް ހޯދުމަކީ، ޕާޓީގެ އާއްމު މެމްބަރުންވެސް އެދި ތިބި ކަމެކެވެ. ޕާޓީއަށް މުހިއްމީ ވަކި މީހެއް ނޫންކަކަމާއި ޕާޓީއަށް ވެރިކަން އޮތުންކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެނގެއެވެ. ދަޑިމޮކްރެޓްސްއަށް އެންމެ 15839 ވޯޓު ލިބުނު އިރު އެމްޑީޕީއަށް، 86161 ވޯޓު ލިބުނެވެ. މިބޮޑު ފަރަޤުން ދޭހަކޮށްދެނީ، ރައީސް ނަޝީދަށް ވެރިކަމާއި ބާރުތައް ހޯއްދެވޭނެ ގޮތެއް ނެތްކަމެވެ. އެހެން ނަމަވެސް އެމްޑީޕީ ބައިބައިކޮށްލައި، އެމަނިކުފާނުގެ އަމިއްލަ އެދުންފުޅަށް ނިންމާ ގޮތެއްގެ ސަބަބުން އަނެއްކާވެސް 2013 އެކޭ އެއްފަދައިން އެމްޑީޕީއަށް ވެރިކަން ގެއްލި އަނެއް ފަސްއަހަރު އެމްޑީޕީގެ މެމްބަރުން މަގުމަތީގައި ތިބެން ޖެހިދާނެއެވެ.
02 Aug 2023
ރިޕޯޓް
ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ
ހިތާމައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް މިހާރު މި ޒާތުގެ ސަމާސާތައް ފެންނަން ފެށީމައެވެ. އަންގާރަ ދުވަހުގެ މެންދުރެއް ހާއިރު "ދަ ޑިމޮކްރަޓްސް" އަށް ނިސްބަތްވާ ވަޓްސްއަޕް ގްރޫޕެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވިކަމަށް ބުނާ މެސެޖެއް "ފަތިއަޑު ކިޔާފައި" ދައުރުވިއެވެ. އެ މެސެޖުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި "ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން"، މިހެންނެވެ.