Advertisement

02 Aug 2023
ރިޕޯޓް
މިފްތާޙް މުޙައްމަދު

ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ

ދޮގު ހެދުމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މާ ބޮޑު އަދި އުނދަގޫ ކަމެއް ނޫނެވެ. އަދި ބައެއް މީހުން ދޮގު ހަދަނީ ސަމާސާ ކުރުމުގެ ބޭނުމުގައެވެ. އަދި ބައެއް މީހުން ލަދު ފޮރުވަން، ނޫނީ ހަގީގަތް އޮޅުވާލަން ވެސް މި ޒާތުގެ ދޮގު ހަދާ، ސަމާސާއާއި މަސްހުނި ކުރެއެވެ. ބޭނުމަކީ ހަމަ ހަގީގަތް އޮޅުވާލުން ނޫން ވަކި ކޮންކަމެއް ބާއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް ދޮގު ހެދުމަކީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ތިމާއަށް ނޫނީ، އެކަމާއި ގުޅުންހުރި ކޮންމެވެސް މީހަކަށް، ނޫނީ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަޅުގަނޑުމެންގެ ސްކޫލް ދައުރުގެ ދިވެހި ކިލާހުގައި ވެސް ސަމާސާއަށް ދޮގު ހެދި ކުއްޖާއަށް ވީގޮތް މުދައްރިސް ކިޔައިދިން ހަނދުމަ އެބަހުރި ހެއްޔެވެ. އެ ހިޔާލީ ވާހަކައިގައި އެޅޭ ކުއްޖާ ގެނބުނީކަމަށް ހަދައި އެއް ދުވަހު ދޮގު ހެދުމުން އަނެއް ދުވަހު އެކުއްޖާއަށް އަޅާލާނެ އެއްވެސް މީހަކު ނުވީއެވެ. ސަމާސާ ވިހަ ވަނީ މިފަދަ ކަންކަމުންނެވެ.

ހިތާމައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް މިހާރު މި ޒާތުގެ ސަމާސާތައް ފެންނަން ފެށީމައެވެ. އަންގާރަ ދުވަހުގެ މެންދުރެއް ހާއިރު "ދަ ޑިމޮކްރަޓްސް" އަށް ނިސްބަތްވާ ވަޓްސްއަޕް ގްރޫޕެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވިކަމަށް ބުނާ މެސެޖެއް "ފަތިއަޑު ކިޔާފައި" ދައުރުވިއެވެ. އެ މެސެޖުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި "ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން"، މިހެންނެވެ

މި "ސްކްރީންޝޮޓް" އަށް އިޝާރާތް ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ "މިއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. އަދި ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމާއި އެ މަނިކުފާނުގެ ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް ޞާލިޙް އާއި ގުޅިގެން ނޫންކަމަށް ބުނެފައިވެއެވެ.

ކަން މިހެން ހިނގާފައި ވަނިކޮށް އަނެއްކާ ވެސް ވަނީ އެ ގްރޫޕްގެ "ސްކްރީންޝޮޓް" ތަކެއް ލީކުވެފައެވެ. މި ފަހަރުގެ "ލީކް" ގައި ވެސް ރައީސް ނަޝީދުގެ މެސެޖުތަކެއް ހިމެނެއެވެ. އެ މެސެޖުގައި އެ މަނިކުފާނު ވަނީ ކުރީގެ "ސްކްރީންޝޮޓް" އަށް އިޝާރާތްކުރައްވައި އެފަދަ "ސްކްރީންޝޮޓް" އާންމުވުމަކީ "ވިޔާ ނުދާ" ކަމެއްކަމަށާއި އެފަދަކަންކަން ނުކުރުމަށް ގޮވާލައްވާފައި ވެއެވެ. އަދި އެ ބާވަތުގެ އަމަލުތަކުން އެކަމުގެ ނޭދެވޭ އަސަރު އެންމެނަށް ކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަކަސް މި ތަނުން ސަމާސާއަކަށް ދޮގު މި ހަދަނީ ރައީސް ނަޝީދު ބާއެވެ؟ ނޫނީ ވިއްޔާ އެހެން ބަޔަކު ބާއެވެ؟ މި ދައުރުވަނީ "ފޭކް" "ސްކްރީންޝޮޓް" ތަކެއް ކަމުގައި ވާނަމަ އެ ބައެއްގެ ބޭނުމަކީ ކޮން ބޭފުޅަކާ ސަމާސާ ކުރުންބާއެވެ؟ ހަމަގައިމުވެސް ފާހަގަވާ އެއް ކަމަކީ، "ދަ ޑިމޮކްރަޓްސް" އުފެއްދުމަށް މަސައްކަތްކުރިއިރު ފެނުނު ބައެއް ރައްޓެހި މޫނުތަކެއް ބީރައްޓެހި ވެފައިވުމެވެ. އެގޮތުން، އެމްޑީޕީގެ ޗެއާރ ޕާސަންގެ މަޤާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރ ހުސެއިން އަމްރު ވެސް "ދަ ޑިމޮކްރެޓްސް" ގެ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނުން މަދުވެއްޖެކަން ފާހަގަ ކުރެވެއެވެ

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އިމްތިޔާޒު ފަހުމީ އާއި އަމްރު ތަސްވީރުން ދުރަށް ޖެހެލީ ރައީސް ނަޝީދުގެ ނުފޫޒާއިއެކު، ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓަކަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހެދުމުންނެވެ

ދެން އުފެދޭ ސުވާލަކީ، އިލްޔާސް ލަބީބު ރިޔާސީ ކެނޑިޑޭޓަކަށް ހެދުމަށް ރައީސް ނަޝީދު ހަގީގަތުގައި ވެސް ނުފޫޒު ފޯރުވަފާނެކަމާއި މެދު އުފެދޭ ސުވާލެވެ. ނުފޫޒު ފޯރުވިކަމުގައި ވާނަމަ އެކަމުން ރައީސް ނަޝީދަށް ކުރާނީ ކޮން ފައިދާއެއް ބާއެވެ

އެ މަނިކުފާނު މި ފަހަކަށް އައިސް އަބަދު ވެސް ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ރިޔާސީ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ޖެހޭ ކަމާއި، އަދި "ދަ ޑިމޮކްރަޓްސް" އިން ވަނީ، އެ ޕާޓީގެ ވެރިކަމެއްގައި ރިޔާސީ ނިޒާމު ބަދަލު ކުރުމަށް ވޯޓު ނަގާނެކަމަށް ވެސް އިއުލާން ކޮށްފައެވެ. އެހެންކަމުން، މިއީ އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ރިޔާސީ ނިޒާމު ބަދަލު ކުރުމަށް ވާންފެށި ތައްޔާރީއެއް ކަމުގައި ވެދާނެ ބާއެވެ. އެހެން ނޫންނަމަ އެ މަނިކުފާނުގެ އަމާޒަކީ އައްޑޫއިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ލިބޭނެ ވޯޓު މަދުކުރުމެވެ. އެހެންކަމަށް ވާނަމަ "ދަ ޑިމޮކްރަޓްސް" ގެ ރިޔާސީ ކެނޑިޑޭޓު އައްޑަނައަކަށް ބަހައްޓައި އެ މަނިކުފާނު އެ އުޅުއްވަނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކެއް ހޯދައިދޭކަށް ނޫނެވެ، އެ އުޅުއްވަނީ ބަޔަކު ހަލާކު ކޮށްލުމުގެ ވިސްނުންފުޅުގައެވެ. އަދި މިކަމުން އެ ބޭފުޅުންނަށް ކުރާނީ ކޮންފައިދާއެއް ބާއެވެ. ކޯލިޝަން ހަދަން ދިން ދައުވަތު އެއްވެސް ޕާޓީއަކުން އަދި ގަބޫލުކޮށްފައި ނުވާއިރު، ކުރިއަށް އޮތް އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ، ހިޔާލީ ވާހަކައިގައި އުޅުނު ކުއްޖާއާއި އަޅާލާނެ މީހަކު ނެތިގެން ގެނބުނު ފަދައިން މި ސަމާސާ ވެސް ގާތީ ވިހަވުމާއިއެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.