ހައުސިންގ މިނިސްޓަރ
ޚަބަރު
12 Aug 2024

ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތިތަކާއި ފްލެޓް ހަވާލު ނުކުރާނެ ކަމުގެ ޢިޝާރާތެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި ކުރެއްވި ސުވާލަށް ފަހު މެމްބަރުންނަށް އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ، ރައީސްގެ ވަޢުދުފުޅާއި ޚިލާފަށް ހައުސިންގ މިނިސްޓްރީ ޢަމަލުކުރަމުންދާ ސަބަބެއް އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ އިރު، އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރެއްވުމަށްފަހުގައި ތޯ ޒިޔާދު ސުވާލު ކުރެއްވިއެވެ.

ހައުސިންގ މިނިސްޓަރ