Advertisement

28 Apr 2025
ޚަބަރު

ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބު ދެއްވަން މިނިސްޓަރު މުއްތަލިބު ދެކޮޅު ހައްދަވައިފި

ރާއްޖޭގެ އެކި ކަންކޮޅުގައި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ދެކޮޅު ހައްދަވައިފިއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މުއްޠަލިބާ ވަޑައިގެންނެވީ، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ކުރައްވާ ސުވާލާ ގުޅިގެންނެވެ. މެމްބަރު އައްބާސްގެ ސުވާލަކީ، ނ.ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއްވީއިރު ވެސް އެ މަސައްކަތް ނިންމާލެވިފައި ނުވާތީ، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭ ގޮތް ނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ފެއްޓޭނެ ތާރީޚަކާއި، މަސައްކަތް ނިންމައި، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ތާރީޚެއް ބުނެދިނުން އެދޭ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ކުރީ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެއްބަސްވުމާ އެއް ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ 2024 ވަނަ އަހަރު އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށެވެ.

އަދި މިހާރު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށް ވެސް މުއްޠަލިބާ ވިދާޅުވި އެވެ. އަދި މަސައްކަތް ނިންމަން ހަވާލު ކޮށްފައިވާ ތާރީޚަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަސް ކަމަށެވެ. އަދި އެއްބަސްވުން ފެށުމާ އެކު، މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި އެކި މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކުގައި ނުހިނގައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު، މުއްތަލިބު ދެކޮޅު ހެއްދެވި އެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ކުރާ ސުވާލުތައް މިއަދުގެ ސުވާލުގެ ދާއިރާގެ ތެރެއަށް ނުފެތޭ ކަމަށް ވިދާޅުވެ ރިޔާސަތުން ވެސް ވަނީ އެ ސުވާލުތައް ބަލައިގަތުމަށް ދެކޮޅު ހައްދަވައިފައެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފު، ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ވެސް ނާޒިމް ފުރުސަތެއް ނުދެއްވައެވެ.

އެއާއެކު މަޖިލީހުގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. މަޖިލީހުގެ މެންބަރުން ފާހަގަ ކުރައްވަމުން ގެންދެވީ ރިޔާސަތުން އަމަލު ކުރައްވަމުން ގެންދަވަނީ މަޖިލިސް ގަވާއިދުގެ 85 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.