ޕީޖީ ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އެމައްސަލައިގައި ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލައިގެ ތަޙްޤީޤުގެ ވަރަށް ކުރީކޮޅު ކަމުން އޭގެ ތަފްސީލްތައް ހާމަކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ ހަމަލާ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.