އަވަހާރަވި ކުވައިތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވާފައިވާ ގޮތުގައި، އުމުރުފުޅުން 86 އަހަރުފުޅުގައި، މިއަދު އަވަހާރަވި ކުވެއިތުގެ އަމީރު އައްޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެމައްޗަށް ޣައިބަށް ކަށު ނަމާދުކުރުން އޮންނާނީ، އާދިއްތަ ދުވަހުގެ ރޭގެ ޢިޝާނަމާދަށް ފަހުގައި، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގައެވެ.