Advertisement

މިއަދު އަވަހާރަވި، ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލްޞަބާޙް ---

16 Dec 2023
ދުނިޔެ
ޢަލީ ސުލައިމާން

ކުވައިތުގެ އަމީރު އަވަހާރަވެއްޖެ

ޢަރަބި ދުނިޔޭގެ މުއްސަނދި ޤައުމެއް ކަމުގައިވާ، ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލްޞަބާޙް އުމުރުފުޅުން 86 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

ކުވައިތުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، އަމީރުގެ ޙާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުކުރީ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެހެން ނަމަވެސް އޭރު އެމަނިކުފާނު ފަރުވާ ހޯއްދަަވަމުން ގެންދެވީ ކޮންކަމަކާއި ގުޅިގެން ކަމެއް ކުވައިތު ސަރުކާރުން ހާމައެއް ނުކުރެއެވެ. މީގެ ކުރިން 2021 ވަނަ އަހަރު މާރިޗު މަހުވެސް ކުވެއިތުގެ އަމީރު ވަނީ، އެމެރިކާގައި ފަރުވާ ހޯއްދަވާފައެވެ.

ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ 2020 ވަނަ އަހަރު އެ މަނިކުފާނުގެ ކުރިން އަމީރަކަށް ހުންނެވި، ޝައިޚް ސަބާޙް އަލް އަޙްމަދު އަލް ސަބާޙް އަވަހާރަވުމާ ގުޅިގެންނެވެ.

އަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލްޞަބާޙްއަށްފަހުގައި ކުވައިތުގެ އަމީރުކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ މިހާރު އުމުރުން 83 އަހަރުފުޅުގެ، ޝައިޚް މިޝައިލް އަލް އަޙްމަދު އަލް ޖަބަރުއެވެ. އެމަނިކުފާނަަކީ މިހާތަނަށް ދުނިޔޭގައި ހުންނެވި އެންމެ އުމުރުފުޅުން ދުވަސްވީ ވަލީ އަޙްދެވެ.

4.2 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ކުވައިތަކީ، ދުނިޔޭގައި 6 ވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.