Advertisement

18 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: މައްޔިތާ ވަޅުލެވެންދެން ޖަނާޒާގައި ބައިވެރިވުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ހަވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ މައްޔިތާ ވަޅުލެވެންދެން ޖަނާޒާގައި ބައިވެރިވުމުގެ މާތްކަމާ ގުޅޭ ގޮތުން. 

ނަބިއްޔާ ޙަދީޘް ކުރައްވާފައިވޭ:

(مَنْ شَهِدَ الجَنَازَة حَتَّى يُصَلِّي فَلَهُ قِيرَاط، وَمَن شَهِدَ حَتَّى تُدفَن كَان لَهُ قِيْرَاطَان. قِيل وَمَا القيراطان قَال: مِثل الجَبَلَين العَظِيمَين) رواه البخاري

”މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމާހަމަޔަށް ޖަނާޒާގައި ބައިވެރިވެއްޖެ މީހާއަށް ޤީރާޠެއް ވެއެވެ. އަދި ވަޅުލުމާ ހަމަޔަށް ބައިވެރިވެއްޖެ މީހާއަށް ދެ ޤީރާޠު ވެއެވެ. އެހިނދު، ދެންނެވުނެވެ. ދެ ޤީރާޠަކީ ކޮބައި ތޯއެވެ؟ (ޙަދީޘް ކުރެއްވިއެވެ.) އެއީ ނުހަނު ބޮޑު، ބިޔަ ދެ ފަރުބަދަ އެވެ.“

މާނައަކީ ބޮޑު ދެ ފަރުބަދަހާ މިންވަރަށް އޭނާއަށް ސަވާބާއި ދަރުމަ ލިބޭނެ. ބައެއް ރިވާޔަތް ތަކުގައި ޤީރާޠެއްގެ މިޘާލަކީ އުޙުދު ފަރުބަދަ ކަމުގައި ވާރިދުވެފައިވޭ. ތަޞައްވުރު ކޮށްލައްވާ އުޙުދު ފަރުބަދަ! އެ މިންވަރަށް ސަވާބު މި ލިބެނީ ކޮންކަމެއް ކޮންގެންތޯ؟ މާ ބޮޑު ނުވަތަ ބުރަ އުނދަގޫ އަޅުކަމެއް ކޮންގެންތޯ؟ ނޫން. ހަމައެކަނި ޖަނާޒާގައި ބައިވެރިވެގެން. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުކަންދެމާތޯ!

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.